ރ. ވަންދޫ ބަނދަރު މަރާމާތު ކުރުމާއި ފުންކުރުމުގެ މަޝްރޫއުގެ %35 ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށާއި އަދި ކުރިއަށް ދަނީ އެއްގަމު ތޮށީގެ ގައު އެތުރުމުގެ މަސައްކަތް ކަމުގައި އެމްޓީސީސީ އިން ވިދާޅުވިއެވެ.
ވަންދޫ ބަނދަރު މަރާމާތު ކުރުމާއި ފުންކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ހުރި ސިމެންތި ފާރުތައް ރޫޅާލުމަށްފަހު ކުނި ޖަމާކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.
ރ. ވަންދޫ ބަނދަރު މަރާމާތު ކުރުމާއި ފުންކުރުމުގެ މަޝްރޫއުގެ %35 ނިމިއްޖެ. މި މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި. އަދި ކުރިއަށް ދަނީ އެއްގަމު ތޮށީގެ ގައު އެތުރުމުގެ މަސައްކަތް. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 26 އޮގަސްޓް 2019 ގައި. pic.twitter.com/VMisLRYkZr
— MTCC Plc (@MTCCPlc) August 24, 2020
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 5.99 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 26 އޮގަސްޓް 2019 ގައެވެ.



