67 ރަށުގައި ކުޑަކުދިންގެ ޕާކް ހެދުމަށް ބޭނުންވާ ސާމާނު ގެންނައުމަށް ސޮއިކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން 67 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީގެ ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު ބްރިލިއަންޓް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ޝަފްވާން އަބްދުﷲ އެވެ.

މި މަސައްކަތުގެ ދަށުން 35 ދުވަހުގެ ތެރޭގައި މި ސާމާނު ގެންނަން ޖެހޭއިރު މި މަސައްކަތް ހަވާލުކޮށްފައިވަނީ 7،999،682.2 ރުފިޔާއަށެވެ.

މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މި ޕާކްތައް ގާއިމްކުރެވިގެންދާނީ މިނިސްޓްރީއިން ކަނޑައަޅާ ރަށްތަކެއްގައެވެ.

މީގެކުރިން ވެސް މިނިސްޓްރީއިން ވަނީ 15 ރަށެއްގެ ކުޑަކުދިންގެ ޕާކް ސެޓްތައް ގެނެސް ރަށްރަށާއި ހަވާލުކޮށްފައެވެ. ބައެއް ރަށްރަށުގައި ޕާކް ސެޓްތައް އިންސްޓޯލްކޮށް ނިމިފައިވާއިރު އަނެއްބައި ރަށްރަށުގައި ދަނީ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ