މާލޭ ޖަލުގެ ކައުންޓަރުން ދެމުން ގެންދިޔަ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލައިފި

މާލޭ ޖަލުގެ ކައުންޓަރުން ދެމުން ގެންދިޔަ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހާމަކުރައްވާފައި ވަނީ މާލެ ޖަލުގެ ކައުންޓަރުން ދެމުން ގެންދިޔަ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައި، 2020 އޯގަސްޓް 29 އިން ފެށިގެން ޚިދުމަތްތައް ދިނުމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އެގޮތުން ޤައިދީންނަށް ފޮނުވާ އަންނައުނު 29 އޮގަސްޓުން ފެށިގެން ބަލައިގަންނާނީ ޣާޒީ ބިލްޑިންގ ގައި ހުންނަ މި ކަރެކްޝަންސްގެ ހެޑް އޮފީހުން ކަމަށް ކަރެކްޝަންސް އިން ވަނީ ހާމަކުރައްވާފަ އެވެ. އަދި މި ޚިދުމަތް ދޭން ހަމަޖައްސާފައިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުގެ 10:00 އިން 14:00 އާ ދެމެދު ކަމަށާއި ދޫކުރުމަށް ހަމަޖައްސާފައިވަނީ 20 ޓޯކަން ނަންބަރު ކަމަށް ކަރެކްޝަންސް އިން ވަނީ ހާމަކުރައްވާފައެވެ.

ވީޑިއޯ ކޯލާއި އާއިލީ ބައްދަލުވުންތަކާއި ވަކީލު ފޯމް އީމެއިލް ކުރެއްވުމަށްވެސް ކަރެކްޝަންސް އިން ވަނީ ދަންނަވާފައެވެ.

ޤައިދީންނަށް ފައިސާ ފޮނުވުން ހަމަޖައްސާފައިވަނީ އޮންލައިންކޮށް ކަމަށާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް 10:00 އާއި 14:00 އާ ދެމެދު މި ކަރެކްޝަންސްގެ ހޮޓްލައިން ނަންބަރު 3312694 އަށް ގުޅުއްވުމަށްވެސް އެފަރާތުން ވަނީ އެދިލައްވާފައެވެ.

މި އޮގަސްޓު މަހުގެ 18 ވަނަ ދުވަހު މާލޭ ޖަލުގެ އޮފިސަރެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ