ފަލަސްޠީންގެ ސިއްޙީ ހާލަތު ރަނގަޅުކުރުމަށް ނިންމުމަށް ރާއްޖެއިން ވޯޓް ދީފި

އަޅުވެތިކޮށްފައިވާ ފަލަސްޠީންގެ ސަރަހައްދުތަކުގެ ސިއްޙީ ހާލަތު އިތުރަށް ރަނގަޅުކުރަން މަސައްކަތްކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއަށް ގޮވާލާ ތައްޔާތުކޮށްފައިވާ ރިޕޯޓްގައިވާ ކަންކަމާ މަޝްވަރާކޮށް، މިކަމާގުޅިގެން ނިންމި ނިންމުމަށް ތާޢީދުކޮށް މިހާރު ހިނގަމުންދާ 72ވަނަ ވޯރލްޑް ހެލްތު އެސެމްބްލީގައި ދިވެހިރާއްޖެއިން ވޯޓްދީފިއެވެ.

މި ނިންމުމާ އެއްކޮޅަށް ވޯޓްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ހިމެނޭގޮތަށް 96 މެމްބަރު ޤައުމަކުންނެވެ. އަދި ދުނިޔޭގެ ބޮޑެތި ޤަޢުމުތައްފަދަ އެމެރިކާ، ޔޫ.ކޭ، އޮސްޓްރޭލިޔާ، ކެނެޑާ، ބްރެޒިލް ހިމެނޭގޮތަށް 11 ޤައުމަކުން މި ނިންމުމާ ދެކޮޅަށް ވޯޓުދީފައި ވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ފަލަސްތީނު ސަރަހައްދުތަކުގެ ދިރިއުޅުމުގެ ޙާލަތާއި އޭގެ ސަބަބުން ކުރިމަތިވެފައި ސިއްޚީ މައްސަލަތަކާއި ގުޅޭގޮތުން އަލިއަޅުވާލާފައިވެއެެވެ.

މީގެ އިތުރުން ޢާޒާގެ ބޯރޑާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހައްޔަރުވެފައިވާ ފަލަސްޠީންގެ ރެފިއުޖީންގެ ހާލަތާއި އިޒްރާއިލްގެ ޖަލުތަކުގައި ތިބި ފަލަސްޠީން ޤައިދީންގެ ހާލަތު ފާހަގަކޮށްފައިވެއެވެ.

މިމައްސަލަތަކާއި ސިއްޙީ ހާލަތު ރަނގަޅުކުރުމަށް މިހާރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކުރަމުންދާ މަސައްކަތްތަކާއި މެމްބަރު ޤައުމުތަކުން ހުށަހަޅާކަންތައްތައް ވެސް ވަނީ ހިމަނާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ