ށ. ޅައިމަގުން ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ޅައިމަގުންވެސް ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ހުރި މީހެކެވެ. އެގޮތުން އެރަށު ކައުންސިލުން ބުނެފައި ވަނީ، އެރަށުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އޮގަސްޓް ނުވަ ވަނަ ދުވަހު ކުރިމަގު-1 ބޯޓުން ރަށަށް އައި ބިދޭސީއެއް ކަމަށެވެ.
އަދި އޭނާ ޕޮޒިޓިވްވިކަން އެނގުނީ ހޯމްކަރަންޓީނު 14 ދުވަސް ހަމަކޮށްކުރި ޓެސްޓުންނެވެ.
މިނޫހާއި ވާހަކަ ދައްކަމުން ޅައިމަގު ކައުންސިލްގެ ނައިބު ރައީސް ޢަބްދުﷲ ޝަނޫނު ވިދާޅުވީ، އެރަށުން ފެނުނު ކޮވިޑްގެ މިކޭސްއާއި ގުޅިގެން ކައުންސިލުން ބައެއް ފިޔަވަޅުތައް އަޅާފައިވާނެކަމަށާއި، އެގޮތުން ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތަމަށާއި، ބޭރަން ނުކުންނަނަމަ މާސްކް އެޅުމަށްވަނީ އަންގާފައެވެ. އަދި އެރަށަށް އަރައި ފޭބުމުގައި ނަންބަރު 7414091 ފޯނަށް ގުޅައި ކައުންސިލްގެ ހުއްދަ ހޯދުމަށްވެސް ކައުންސިލުން އެދިފައިވާނެކަމަށްވެސް ނައިބުރައީސް ވިދާޅުވިއެވެ.
އަދި މިއީ އެރަށުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރުކަމަށްވެސް ޝަނޫނު ވިދާޅުވިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 7047 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 4439 މީހުން ވަނީ ރަނގަޅު ވެފައެވެ. އަދި 28 މީހަކުވަނީ މިބަލީގައި ރާއްޖެއިން ނިޔާވެފައެވެ.





ހިޔާލު
ވަރަށް ދެރަހަބަރެއްތީ