ލޯން ދައްކަން 82.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ތަފާސް ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޖުލައި މަހު 82.1 މިލިއަން ރުފިޔާ ލޯނު ދައްކަން ހޭދަވިއިރު މިދިޔަ އަހަރުގެ ހޭދަ އުޅެނީ 148.4 މިލިއަން ރުފިޔާގަ އެވެ.
ލޯނު ދައްކަން މި އަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް 625.0 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިދިޔަ އަހަރުގެ ހޭދަ އުޅެނީ 676.2 މިލިއަން ރުފިޔާގަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ބަންދުކުރަން ޖެހި ދައުލަތައް ލިބޭ އާމަދަނީ ދަށަށް ދިއުމާއި ގުޅިގެން ދައުލަތުން ދަނީ ލޯނު ނަގަމުންނެވެ.




