ދުވާފަރު ކައުންސިލްގެ އިދާރާ

ދުވާފަރު ހޯމް ކަރަންޓީނުގައި ހުރި އިތުރު 2 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ހުރި އިތުރު 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަޞީރު "ފެށުން" އަށް ވިދާޅުވީ ދުވާފަރު ހޯމް ކަރަންޓީނުގައި ހުރި 2 މީހަކު އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

މިއާއިއެކު ދުވާފަރުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ތިބި އަދަދު މި ވަނީ 5 އަށް އަރައިފައެވެ. ނަމަވެސް ދުވާފަރުން މި ހަފްތާގެ ތެރޭގައި ޕޮޒިޓިވްވި ހައި ރިސްކް މީހަކު ވަނީ ބ. އޭދަފުށި ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފައެވެ. އެހެން ކަމުން މިވަގުތު އެރަށުގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ 4 މީހުން އެބަތިއްބެވެ.

ދުވާފަރު ކައުންސިލްގެ ރައީސް "ފެށުން" އަށް ވިދާޅުވީ މިހާރުވެސް ގާތްގަނޑަކަށް 90 ވަރަކަށް މީހުން ހޯމް ކަރަންޓީނުގައި އެބަތިބި ކަމަށާއި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ރަށުގައި މިވަގުތު ތިބި ހަތަރު މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ދުވާފަރަކީ ރ އަތޮޅުގެ ރަށްތަކުގެ ތެރެއިން ކޮވިޑް-19 ގެ އެންމެ ގިނަ ކޭސްތައް މިހާތަނަށް ފެނިފައިވާ ރަށެވެ.

އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ހުރި 3 އަހަރުގެ ފިރެހެން ކުއްޖަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އެރަށުން 55 އަހަރުގެ އަންހެނަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

މިހާތަނަށް މުޅި ޖުމްލަ 108.099 ސާމްޕަލް ނަގައި ކޮވިޑް-19 އަށް ޓެސްޓު ކޮށްފައިވާއިރު މިބައްޔަށް ޕޮޒިޓިވުވި މީހުންގެ ޖުމްލަ އަދަދަކީ 7،329 އެވެ. މީގެތެރެއިން 4،691 މީހުން ރަނގަޅުވެފައިވާއިރު 28 މީހަކުވަނީ ނިޔާވެފައެވެ. އަދި މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 2،610 އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ