އިންޑިއާ ހައި ކޮމިޝަނުގެ ބޭރުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވަމުން އެބަދެއެވެ.
އިންޑިއާ ހައިކޮމިޝަނުގެ ސެކިއުރިޓީ މީގެކުރިން ބަލަހައްޓަމުން އައިސްފައިވަނީ ފުލުހުންނެވެ. މިއަދު ހަތިޔާރާއެކު ސިފައިން އެސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދަނީ ކޮން ސަބަބަކާ ހުރެކަމެއް އެމްއެންޑީއެފް އިން ބުނެފައެއް ނުވެއެވެ.
ސިފައިން އިންޑިއާ ހައިކޮމިޝަން ބޭރުގައި ހަތިޔާރާއެކު ހަރަކާތްތެރިވާން ފަށައިފައި މިވަނީ އިއްޔެ ހަވީރު އިދިކޮޅު ފަރާތްތަކުން "ރާއްޖެ ވިއްކާލުމާ ދެކޮޅު" ނަމުގައި އިންޑިއާއިން ރާއްޖޭގައި ހިނގާ ބަޔެއް ކަންކަމާއި ދެކޮޅަށް ސައިކަލު ބުރެއް ބާއްވައިފައި ވަނިކޮށެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރީ ހުންނަ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެސްބީއައި އަށްވެސް ގެއްލުން ތަކެއް ލިބިފައި ވަނިކޮށެވެ.

މީގެ ކުރިން އިންޑިއާ ހައިކޮމިޝަން ބޭރުގައި ފޯރިއަށް ހުއްނަނީ އެންމެ ފުލުހެކެވެ. ނަމަވެސް މިއަދު ދެ ފުލުހުންނާއި އަދި ހަތިޔާރުއެޅި ދެ ސިފައިންގެ މީހުންނަ އަންނަނީ އެސަރަހައްދުގައި ފޯރިމަރަމުންނެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލް ހޯދުމަށް އެމްއެންޑީއެފްގެ ވައިބާ ގްރޫޕްގައި ބައެއް ނޫސްވެރިން ސުވާލު ކޮށްފައިވާއިރު މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.




2 Responses
އިންޑިޔާއިން ދިވެހި މިލޮބުވެތި ވަތަން ހިފަން ވެގެން ޖަހާމަޅި އިންޑިޔާ މީހުންނަކީ ވަރަށް މަކަރު ވެރި ބަޔެޢް ދުނީޔޭގައި އެމީހުން ވަޒަން ވެރިވިތަނަކުން ނުފައިބާނެ އަދި ދުނީޔޭގައި އިންސާނުން ރޭޕު ކުރުމުގައި އެއްމެ ކުރީގައި އުޅޭ ގައުމަކީ އިންޑިޔާ ކުޑަކުދިން ރޭޕު ކުރޭ އަދި މަރާލާ އެމީހުން އަނިޔާވެރި ބަޔެއް އިންޑިޔާ މީހުންނަކީ، ދިވެރާއްޖެ ގުޅުން ބަދަހި ކުރަން އަވައްޓެރި އެހެން ގައުމެއްނެތީތޯ .. ؟ ސިރީލަންކާ ވެސް އެޔޮތީ ނުންތޯ ގުޅުން ބަދަހިކުރަން ، އިސްލާމީ ގައުމުތައްވެސް އެޔޮތީ ނުންތޯ ،، އިބޫ އަކީ ރޯނު އެދުރެއް ،،
ހާދަ ބިރެއްގަނެއޭ ދޯ