ރައީސް އިބްރާހިމް މުހައްދު ޞޯލިޙްގެ ގޮތެއްނެތް ކަމަށް ބުނާ ޙަބަރެއް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު (އީސީ ޝަރީފް) ޓްވީޓް ކޮށްފިއެވެ.
މިނިވަން މުއައްސަސާއެއް ކަމަށްވާ އިލެކްޝަން ކޮމިޝަންގެ ރައީސްކަން ކުރައްވަމުން އަންނަ އީސީ ޝަރީފް މިގޮތަށް ގައުމުގެ ރައީސްއަށް ފާޑު ވިދާޅުވެ ވާހަކަ ދައްކާފައިވާ ޙަބަރެއް ސޯޝަލް މީޑިއާގައި މިއަދު ހިއްސާކޮށްފައިވާއިރު މިފަހުގެ ތާރީހެއްގައި ޝަރީފް މިފަދަ ސިޔާސީ ޙަބަރެއް ޓްވިޓާރގައި ޓްވީޓްކޮށްފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި ރައީސްގެ ސުލޫކީ މިންގަނޑު އެ ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ޤައުމުގެ ރައީސްއަށް ފާޑުވިދާޅުވެ ސިޔާސީ ލީޑަރުން ދައްކަވާ މިފަދަ ވާހަކަތައް ސޯޝަލް މީޑީއާގައި އަދި އެހެންވެސް ގޮތްގޮތުން ހިއްސާކުރުމަކީ ސުލީކީ މިންގަނޑާ ފުށޫއަރާ ކަމެކެވެ.

މިފަދަ ސިޔާސީ ޚަބަރެއް ޓްވީޓް ކުރެއްވުމަށްފަހު، މާ ގިނަ އިރެއް ނުވެ މިހާރު ޝަރީފް ވަނީ އެ ޓްވީޓް ޑިލީޓް ކޮށްލާފައެވެ.
މިކަމާއި ގުޅިގެން މިނޫހުން ސުވާލުކުރުމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އެފަދަ ޓްވީޓެއް ކުރެވިފައިވަނީ "އޮޅިގެން" ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މިފަދަ ޓްވީޓެއް ފެނިގެން ގޮސްފައި މިވަނީ ސަރުކާރާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ 75000ރ އިން މިއަދު ޖޫރިމަނާ ކޮށްފައިވަނިކޮށެވެ.




ހިޔާލު
ރަން ގޮނޑިން އަނދަ ގޮނޑި ޖެހެނީކަންނޭގެ