ރާއްޖެއާ ދުރުނޫން ހިސާބަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުން އައިސްފައިވަނީ ޗާގަސް އާކިޕެލަގޯ ސަރަހައްދަށް ރާއްޖެގަޑިން މިރޭ 22:24 ހާއިރުއެވެ.
ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވީ، މި ބިންހެލުން އައިސްފައިވަނީ އައްޑޫ ސިޓީއާއި 492 ކިލޯމީޓަރު ދުރުން 10 ކިލޯމީޓަރު އަޑިން ކަމަށެވެ.
— Maldives Meteorology (@MetMaldives) August 31, 2020
ރެކްޓަރ މިންގަނޑުން 5.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރުކުރާނެކަމަށް ނުބެލެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
ރާއްޖެއާ މިހާ ކައިރިން ބާރުގަދަ ބިންހެލުމެއް އައިއިރު، މި ސަރަހައްދަކީ ބާރުގަދަ ބިންހެލުންތައް އައުން މަދު ސަރަހައްދެކެވެ.