ށ. ފޭދޫ ކައުންސިލް ރައީސް މުހައްމަދު މުސްތަފާ އިސްމާއިލްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިއެވެ.
ފޭދޫ ކައުންސިލްގެ މެންބަރަކު މި ނޫހަށް މައުލޫމާތު ދިން ގޮތުގައި މިއަދު ބެވި ޖަލްސާގައި ކައުންސިލްގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ވަނީ ނަގާފައި ކަމަށާއި ކައުންސިލްގެ ރައީސްގެ އިތުބާރު ނެތް ކަމަށް ނިންމާފައި ވަނީ ކައުންސިލް ގެ 2 މެންބަރުންގެ ވޯޓާއި އެކު ކަމަށެވެ.
ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން ޖެހުނީ ރައްޔިތުންގެ ރައްޔިތުން އެކަމަށް އެދޭތީ ކަމަށާއި އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން ކައުންސިލް އިދާރާ އަށް ރައްޔިތުންގެ ތެރެއިން ޒުވާނުން ހިމެނޭހެން ވަރަށް ގިނަ ބަޔަކު އައިސް އެކި ކަންކަމުގައި ވާހަކަ ދައްކާފައިވާކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.
އެގޮތުން ރައީސް އަދި ކައުންސިލްގެ ކަންކަން ހުންނަ ގޮތުންނާއި ރަށުގައި ދިމާވެފައި ހުންނަ އެކި ކަހަލަ މައްސަލަތައްކުގެ ތެރެއިން ވައްކަމާއި މަސްތުވާ ތަކެތި ބޭނުންކުރުން ފަދަ މައްސަލަތަކާ ގުޅޭ ގޮތުން ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި 306 މީހުން ސޮއިކޮށް ޕެޓިޝަނެއް ވެސް ހުށައަޅާފައިވެއެވެ.
ކަމާގުޅޭ ލިޔެކިޔުންތައް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް މިއަދުގެ ވަގުތެއްގައި ކަމާގުޅޭ ލިޔެކިޔުންތައް ފޮނުވާނެ ކަމަށާއި ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރި ނަމަވެސް އެއާއި މެދު ގޮތެއް ނިންމާނީ އެލްޖީއޭއިން ކަމަށް ކައުންސިލުން ވިދާޅުވިއެވެ.





ހިޔާލު
ޑްރަގުގެ ބައްޕަ އެ މުހައްމަދު ޢަކީ