ގއ. ދާންދޫ | ފޮޓޯ: ވަގުތު

ދާންދޫ އިން މަންމަ އާއި ދަރިފުޅު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގއ. ދާންދޫ އިން މަންމަ އާއި އޭނާގެ ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ގއ. ދާންދޫ ކައުންސިލްގެ ނައިބު ރައީސް ފާރިސް މުޙައްމަދު ވަނީ މިކަން "ފެށުން" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

ފާރިސް ވިދާޅުވީ ދާންދޫއިން ހޯމް ކަރަންޓީނުގައި ހުރި 2 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ފާރިސް ވިދާޅުވީ މި ދެމީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އިނގިފައިވަނީ ހޯމް ކަރަންޓީން ނިމުމުން އިއްޔެ ހެދި ޓެސްޓުގެ ނަތީޖާ މިއަދު ލިބުމުން ކަމަށެވެ.

ފާރިސް ވިދާޅުވީ އޮގަސްޓު 15 ގައި އެ 2 މީހުންނާއިއެކު ޖުމްލަ 6 މީހުން ހޯމް ކަރަންޓީނަށް އައިސްފައިވާ ކަމަށެވެ. އޭގެތެރެއިން ދެންތިބި ހަތަރު މީހުން ކޮވިޑަށް ނެގެޓިވް ވެފައިވާކަމަށް ފާރިސް ވިދާޅުވިއެވެ.

ހޯމް ކަރަންޓީނުގައި އަދިވެސް އިތުރު ފަރާތްތައް އެބަތިބި ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އިން މިހާތަނަށް 7،804 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މި ބަލީގައި ނިޔާވެފައި ވަނީ 29 މީހުންނެވެ. މިހާތަނަށް 5152 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ