އެކުއިޑޯގެ ފުޓްބޯޅަ ކުޅުންތެރިއަކު ބޯޅައިގައި ބޮސް ދިނުމުން، ކޮރޯނާ ވައިރަހަސް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ގަވާއިދުތަކާއި ހިލާފު ވުމުގެ ސަބަބުން 1200 ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައެވެ.
އައުކަސް އަށް ކުޅޭ އާޖެންޓީނާގެ މިޑްފީލްޑަރ ސާޖިއޯ ލޮޕެޒް، އެކުއިޑޯރިއަން ސެރީއާ ގައި އެޓީމާއި މަކާރާ އާއި ބައްދަލު ކުރި މެޗްގައި ބޯޅައިގައި ބޮސް ދީފައިވަނީ އެ ޓީމު 0-1 އިން މޮޅުވުމާއި ގުޅިގެންނެވެ.
5 މަހުގެ މެދުކެނޑުމަކަށް ފަހު އޮގަސްޓް މަހު މެޗްތައް ކުޅެން ފެށުމާއި އެކު ކޮވިޑް-19 އިން ރައްކާތެރި ވުމަށް އިތުރު ގަވާއިދުތަކެއް ވަނީ ހަދާފައެވެ.
އިތުރު 5 ކުޅުންތެރިން ވެސް ވަނީ 1200 ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. މި ކުޅުންތެރިން ޖޫރިމަނާ ކޮށްފައި ވަނީ ޓީޝާޓް ބަދަލުކުރުމާއި ގުޅިގެންނެވެ. މި ކަމަކީ ވެސް މިހާރު މަނާ ކަމެކެވެ.
އިތުރު ދެ ޓީމެއްވެސް ވަނީ ގަވާއިދާއި ހިލާފުވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައެވެ. އެގޮތުން ޖޫރިމަނާ ކޮށްފައިވަނީ، ފަސްޓް އެއިޑް ކިޓް ފޯރު ނުކޯށްދިނުމުން ޕޯޓޮވީޖޯ އަދި ސެނިޓައިޒާ ފޯރު ނުކޯށްދިނުމުން ބާސެލޯނާ ސްޕޯޓިން ކްލަބެވެ.
އެކުއިޑޯ ގައި މިހާތަނަށް 114،000 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު 6،600 މީހަކު ވަނީ ކޮވިޑް-19 ގައި މަރުވެފައެވެ.



