ޕީޖީ ހުސައިން ޝަމީމް - ފޮޓޯ: ސަން

"މިއުޅެނީ އަޅުގަނޑު ނެތަސް ޕީޖީ އޮފީހަކީ ޤާނޫނާ އެއްގޮތަށް އަމަލު ކުރާ ތަނަކަށް ހަދަން"

ޕީޖީގެ މަސައްކަތަކީ އެބޭފުޅާ ނެއް ދުވަހަކުންވެސް ޕީޖީ އޮފީހަކީ ޤާނޫނާ އެއްގޮތަށް އަމަލުކުރާ މުއައްސަސާއެއްގެ ގޮތުގައި ހެދުން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވެފައި މިވަނީ ޕީޖީ އޮފީހަށް 12 އަހަރު ފުރުމާއި ދިމާކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓްގައި ޕީޖީ ވިދާޅުވެފައި ވަނީ އެބޭފުޅާ މަސައްކަތް ކުރައްވަނީ (އެބޭފުޅާ ނެތަސް) ޕީޖީ އޮފީހަކީ އަބަދުވެސް، ހަމަ ހުރިހާ ހާލަތެއްގައިވެސް، ޤާނޫނާ އެއްގޮތަށް އަމަލު ކުރާ، އިތުބާރާއެކު ދުނިޔެގެ ފެންވަރުގެ ޚިދުމަތްދޭ، ދުޅަހެޔޮ މުވައްޒަފުންތަކެއް މަސައްކަތް ކުރާ މުއައްސަސާއެއްގެ ގޮތުގައި، އެ މުއައްސަސާ ދެމެހެއްޓޭތޯކަމަށެވެ.

ޝަމީމް ވަނީ ޕީޖީ އޮފީހުގެ 12 ވަނަ އަހަރީ ދުވަހުގެ ތަޙުނިޔާއާއި މުބާރިކްބާދީ އެ އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ކުރީގެ މުވައްޒަަފުންނަށާއި، މިހާރު މަސައްކަތް ކުރައްވާ މުވައްޒަފުންނަށްވެސް އަރިސް ކުރައްވާފައެވެ.

ޙުސައިން ޝަމީމް ޕީޖީ ގެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ 08 ޑިސެންބަރު2019 ގައެވެ. އޭގެ ކުރިންޝަމީމް ވަނީ 04 ފެބުރުވަރީ 2009 ގައި ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށްވެސް އައްޔަން ކުރައްވާފައެވެ. އެއީ އެންމެ ފުރަތަމަ އައްޔަން ކުރެވުނު ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްއެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް 12 ނޮވެންބަރު 2013 ގައިވެސް އެބޭފުޅާ ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ