ޕެޓްރޯލް އާއި ޑީސަލް އަގުބޮޑު ކުރިކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ޕެޓްރޯލް އާއި ޑީސަލް އަގުބޮޑު ކުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ވަރަށް ބޮޑު ދޮގު ހަބަރެއް ކަމަށެވެ.
"މިހާރު ނޫހުގައި ދޮގު ހަބަރެއް ޖެހީމައި މިއޮތީ ކޮޕީ ޕޭސްކޮށް ހެޑްލައިން ޖަހާފައި. ނޫސްވެރިކަން ކުރިއަރާނީ ޒިންމާދާރު ގޮތެއްގައި ނޫސްވެރިކަން ކޮއްގެން" އަމްރު ވިދާޅުވިއެވެ.
އަމްރު މިފަދަ އިން ވިދާޅުވެފައިމިވަނީ އޮންލައިން ނޫސް "މިހާރު"ގައި ޝާއިރުކުރި ހަބަރަކާއި ގުޅިގެންނެވެ. އަދި މިހަބަރަކީ ދޮގު ހަބަރެއް ކަމަށާއި "ވަގުތު" ނޫހުގައިވެސް މިހަބަރު ގެނެސްދީފައިވާތީ، އެކަމަށްވެސް އަމްރުވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މިހާރު މިދެނޫހުންވެސް ވަނީ މިހަބަރު ނަގައިފައިކަން ފާހަގަކުރަމެވެ.
Mihaaru noohuga dhogu khabareh jeheema miothee copy paste koh headline jahaafa.
Noosverikan kuri araanee zimmaadhaaru gothehga noosverikan kohgen.Note: Mihaaru noohun mihaaru mi article nagaifi. https://t.co/fAAGEljA8V
— Amr ? (@HusenAmr) September 5, 2020
އެސްޓީއޯން މިހާރު ޑީސަލް ލީޓަރެއް ވިއްކަމުން ދަނީ 8.71ރ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 8.07ރ އަށެވެ.



