ސަމާލުވޭ، ބޮޑު ސަރަހައްދަކަށް އޮރެންޖް އެލާޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ، 60 މޭލައް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީސް އިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރެފައިވާ އޮރެންޖެ އެލާޓްގައި ބުނެފައިވަނީ، ބ.އަތޮޅުން އައްޑޫ ސިޓީއަށް މިރޭގެ 22:30 އިން ދަންވަރު 2:30 އަށް ގަޑިއަކު 34 މޭލާއި40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް ނެރުނު ތިންވަނަ އޮރެންޖް އެލާޓެވެ.

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، އުދަ އަރާފާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުންވަނީ އިލްތިމާސް ކުރައްވާފައެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ