އުތުރާއި މެދު ރާއްޖެތެރެއަށް 63 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް އޮރެންޖު އެލާޓު، ދެކުނަށް ވައިޓު އެލާޓު

އުތުރާއި މެދު ރާއްޖެތެރެއަށް 63 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް އޮރެންޖު އެލާޓު ނެރެފިއެވެ. އަދި ރާއްޖޭގެ ދެކުނަށް ވަނީ ވައިޓު އެލާޓު ނެރެފައެވެ.

ރާއްޖޭގެ މޫސުމާއިބެހޭ ގަައުމީ އިދާރާ އިން އުތުރާއި މެދު ރާއްޖެތެރެއަށް ނެރެފައިވާ އޮރެންޖު އެލާޓުގައި ބުނެފައިވަނީ ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިގަދަ ވާނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު 63 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށެވެ.

އުތުރާއި މެދު ރާއްޖެތެރެއަށް އޮރެންޖު އެލާޓު ނެރެފައިވަނީ މެންދަމު 02:00 އިން ފެށިގެން ހެނދުނު 06:00 ޖެހުމާއި ހަމައަށެވެ.

އޮރެންޖު އެލާޓު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމައަށެވެ.

ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ވަނީ ވައިޓު އެލާޓު ނެރެފައެވެ.

މިއަތޮޅު ތަކަށް ނެރެފައިވާ ވައިޓު އެލާޓުގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރު މިނުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

މި ވައިޓު އެލާޓު ނެރެފައިވަނީ މެންދަމު 02:30 އިން ފެށިގެން ހެނދުނު 08:00 ޖެހުމާއި ހަމައަށެވެ.

މިރޭ ކުރިންވެސް ވަނީ އޮރެންޖު އެލާޓެއް ނެރެފައެވެ. އެގޮތުން މިރޭގެ 22:30 އިން ދަންވަރު 2:30 އަށް ގަޑިއަކު 34 މޭލާއި40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ވަނީ އޮރެންޖު އެލާޓު ނެރެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ