މޫސުން ރަނގަޅެއް ނުވޭ! އުތުރާއި މެދު ރާއްްޖެތެރެއަށް ނެރުނު ޔެލޯ އެލާޓުގެ ވަގުތު އިތުރުކޮށްފި

މޫސުން ރަނގަޅެއް ނުވެ، އުތުރާއި މެދު ރާއްްޖެތެރެއަށް ނެރުނު ޔެލޯ އެލާޓުގެ ވަގުތު އިތުރުކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު 09:00 އިން 13:00 އަށް ކުރިން ނެރެފައިވާ ޔެލޯ އެލާޓުގެ ވަގުތު މިހާރުވަނީ މިއަދު ހަވީރު 17:00 ވަންދެން އިތުރު ކޮށްފައެވެ.

ދެންމެ ވަގުތު އިތުރު ކޮށް ނެރެފައިވާ ޔެލޯ އެލާޓުގަި ބުނެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައިގަދަ ވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަ ވާނެކަމަށް ލަފާ ކުރެވޭ ކަމުގައިވެސް މި އެލާޓްގައި ވަނީ ބުނެފައެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ވައިގަދަވެ ކަނޑުތައް ވަނީ ގަދަވެފައެވެ.

ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ