މަޙްލޫފް އާއި ރައީސް ޞޯލިޙް | ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ

އައިޓީޓީއެފް އިން ރާއްޖެ ސަސްޕެންޑު ކޮށްފާނެ ކަމުގެ އިންޒާރުގެ ސިޓީގެ ކޮޕީއެއް ވަނީ ލިބިފައި: މަޙްލޫފް

އައިޓީޓީއެފް އިން ރާއްޖެ ސަސްޕެންޑު ކޮށްފާނެ ކަމުގެ އިންޒާރުގެ ސިޓީގެ ކޮޕީއެއް ލިބިފައިވާ ކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެ އެވެ.

މަޙްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޒުވާން ޓޭބަލް ޓެނިސް ޓީމް މިދިޔަ އަހަރު ރާއްޖެއަށް ރަން ވަނަތަކެއް ހޯދާދީފައިވާއިރު، އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑްރޭޝަން (އައިޓީޓީއެފް) އިން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމުގެ އިންޒާރުގެ ސިޓީގެ ކޮޕީއެއް އެމަނިކުފާނަށްވެސް ލިބިފައި ވާކަމަށެވެ.

މަޙްލޫފު ވިދާޅުވީ ސަރުކާރާއި، ރައްޔިތުންގެ މަޖިލިސް އަދި ކޯޓުތައް ކުޅިވަރު ތެރެއަށް ވަންނަނަމަ ކުޅިވަރުތަކުން ސަސްޕެންޑް ކުރުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

 

ޓީޓީ އިންތިހާބު ފަސްކުރަން ވަނީ ކޯޓަށް ހުށަހަޅާފައެވެ. ޓީޓީ އެސޯސިއޭޝަނުގެ މިހާރުގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ޓީޓީ އިންތިޚާބު ފަސްކުރަން ކޯޓަށް ހުށައަޅާފައި ވަނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ސްޕޯޓްސް ކޮމިޝަނަރު މެދުވެރިވެގެން ވެސް ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު އިންސާފުވެރިކަމާ އެކު ބޭއްވޭނެކަމަށް ގަބޫލުނުކުރާކަމަށް ބުނެ އެވެ.

މިމައްސަލާގައި ތާޅަފިލި އަލިބެގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރެއްވުމަށް ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި ޤާނޫނީ ވަކީލު ހަސަން ލަތީފެވެ. ހަސަން ލަތީފަކީ ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންވެސް މެއެވެ.

މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖެ ވަނީ ތިން ރަން މެޑެލް ހޯދާފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ