ފައްތިޔާ ކަނޑައިގެން ގޮސް ގެއްލުނު ލޯންޗު ފެނިއްޖެ އެވެ.
ފައްތިޔާ ކަނޑައިގެން ގޮސް އއ. އަތުރުގަ ފަޅުގައި އަޅާފައި އޮތްވައި ގެއްލުނު ލޯންޗު ފެނިފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ލޯންޗު ފެނިފައިވާކަމަށް ލޯންޗުގެ ވެރިފަރާތުން ކޯސްޓުގާޑަށް އަންގާފައިވާ ކަމަށާއި ލޯންޗަށް އިތުރު ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
25 ފޫޓުގެ ވޯޓާ ސްޕޯޓްސް މި ލޯންޗު ގެއްލިފައި ވަނީ ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފް އިން މިއަދު ވަނީ ވިދާޅުވެފައެވެ.
AA. Athuruga falhuthereygai alhaafai oyi 25ft ge water sports launchu gehligen MNDF Male Area in hoadhamun dhanikoh, eloanchuge verifaraathah loanch fenifaivaa kamah MNDF Coast Guardah vanee report koffa. pic.twitter.com/0vIoQJzMZs
— Maldives National Defence Force (@MNDF_Official) September 6, 2020
ފައްތިޔާ ކަނޑައިގެން ގޮސް ލޯންޗް ގެއްލިފައިވާ ކަމުގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ ފަތިހު 04:39 ހާއިރުއެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކި ކަންކޮޅުތަކުން މުދަލާއި ތަކެއްޗަށް ގެއްލުން ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.




