ދުނިޔެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 9 ލައްކައިން މައްޗަށް!

މުޅިދުނިޔެ ސިއްސުވާލި ނުރައްކާތެރި ވައިރަސް (ކޮވިޑް-19) ޖެހިގެން މަރުވި މީހުންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

ކޮވިޑް-19ގެ މައުލޫމާތު ގެނެސްދޭ ވޯލްޑްމީޓާ ވެބްސައިޓުގައިވާގޮތުން، ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މިހާތަނަށްވަނީ 902,537 މީހުން މަރުވެފައެވެ.  އަދި މި ރޯގާއަށް މުޅި ދުނިޔެއިންވަނީ 27,769,011 މީހުން ޕޮޒިޓިވުވެފައެވެ.

މި ބަލީގައި ގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އެމެރިކާއިންނެވެ. އެގޮތުން މި ކޮވިޑް-19 ގައި އެމެރިކާއިން މިހާތަނަށް 194,03 މީހުން ވަނީ މަރުވެފައެވެ. އެއަށްފަހު އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ، ބްރެޒިލްގައެވެ. ބްރެޒިލް އިން މި ބަލީގައި 127,517 މީހުން މަރުވެފައިވެއެވެ. އިންޑިއާއިން މިހާތަނަށް މި ބަލި ޖެހިގެން މަރުވީ73,953 މީހުންނެވެ.

27 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 19,851,221 މީހުން މިހާރުވަނީ މިބަލިން ރަނގަޅު ވެފައެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 7,015,253 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ