ރަނގަޅު ފިރިއަކަށް އަދި ކުރިއަށް އޮތްތާ ބައްޕައަކަށް ވުމަށް ޖަސްޓިން ބީބާ ވައުދުވެއްޖެ

ރަނގަޅު ފިރިއަކަށާއި ކުރިއަށް އޮތްތާ ބައްޕައަކަށް ވުމަށް އެމެރިކާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ވައުދުވެއްޖެއެވެ.

ޖަސްޓިން އަދި އޭނާގެ ބައިވެރިޔާ ހެއިލީ ބީބާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރު ޖުލައި މަހުގެތެރޭގައި ވަރަށް ސިއްރުގޮތަކަށެވެ. ނަމަވެސް ފަހުން މި ދެމީހުން މިކަން ކަށަވަރުކޮށްދީފައެވެ.

"އަހަރެން އައީ ކެނެޑާގެ ކުޑަ އަވަށެއް ކަމަށްވާ ސްޓްރެޓްފޯޑް އިން. އަހަރެން ރުފިޔާ އަދި ފަރުރެއް ވެސް ބޭނުމެއް ނޫން. އަހަރެން މިއުސިކަށް ވަރަށް ލޯބިކުރަން. އެކަމަކު އަހަރެން ބޮޑުވަމުން އައި އިރު އަހަރެން ދެކޭ ގޮތައް ބަދަލުވެގެން ދިޔަ." ޖަސްޓިން ބީބާ އިންސްޓަގްރާމްގައި އާދިއްތަ ދުވަހު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އަހަރެން ދެކެމުން އައި ގޮތްތައް ބަދަލުވެ ގޮތްދޫނުކުރުމުގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް އަސަރުތަކެއް ކުރި ކަމަށެވެ.

އަމިއްލަ އެދުމުން ދުރުވެ ރަނގަޅު ފިރިއަކަށާއި ކުރިއަށް އޮތްތާ ބައްޕަ އަކަށް ވާނަން ކަމަށް ވެސް ޖަސްޓިން ބީބާ ބުނެފައިވެއެވެ.

އަމުރުން 25 އަހަރުގެ ޖަސްޓިން ބީބާ މީގެ ކުރިން ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ސެލީނާ ގޮމޭޒްއާ ވަރަށް ގިނަދުވަސްވަންދެން ޑޭޓްކޮށްފައެވެ.

ނަމަވެސް އެ ގުޅުމަށް ނިމުން އައިސް، ޖަސްޓިންގެ ކުޑައިރުގެ ރަހްމަތްތެރިޔާ، ހެއިލީ އާއި ވަނީ ލޯބީގެ ގޮތުން ގުޅި އަދި މިހާރު ޒަވާޖީ ހަޔާތެއްވެސް ފަށާފައެވެ. ހެއިލީ އަކީ އެމެރިކާގެ މަޝްހޫރު މޮޑެލްއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ