ފޮޓޯ: ވަގުތު/ އަހުމަދު އަލީ

މުޒާހަރާއާއި ގުޅިގެން ނަރުހުންނަށް ފިޔަވަޅު އަޅައިފި

ހުޅުމާލޭގައި ނަރުހުން ކުރިޔަށް ގެންދިޔަ މުޒާހަރާއާއި ގުޅިގެން ނަރުހުންނަށް ފިޔަވަޅު އަޅައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހުންނާއި، އެޓެންޑެންޓުންނަށް ކޮވިޑް-19ގެ އެލަވެންސް ނުލިބޭ މައްސަލާގައި އެފަރާތްތައް މުޒާހަރާކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެފަރާތްތަކުން މުޒާހަރާ ކޮށްފައި ވަނީ ހުޅުމާލެ ހޮސްޕިޓަލް ގޯތިތެރޭގައެވެ.

މި ނޫހަށް މައުލުމާތު ލިބިފައިވާގޮތުގައި، އެ މުވައްޒަފުންނަށް ކޮވިޑް އެލަވަންސް ލިބޭނެ ކަމަށް ހޮސްޕިޓަލުގެ މެނޭޖްމެންޓުން ކުރިން އަންގާފައި ވީނަމަވެސް، ފިނޭންސް މިނިސްޓްރީން އުސޫލުތައް ހާމަކުރި އިރު އެ މުވައްޒަފުން ރިސްކް އެލޮވެންސް ލިބޭ މީހުންގެ ތެރޭގައި ވަނީ ނުހިމެނިއެވެ.

"ވަގުތު" ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މުޒާހަރާއާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލްގެ ނާރސިންގ ސެކްޝަންތަކުގެ އިންޗާޖުންގެ މަގާމް ވަނީ ދަށްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ