ކެލާ އަދި ދިއްދޫ އިން ހޯމް ކަރަންޓީނުގައި ތިބި 2 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ކެލާ އަދި ހއ. ދިއްދޫ އިން ހޯމް ކަރަންޓީނުގައި ތިބި 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މި ދެރަށުން ހޯމް ކަރަންޓީނުގައި ހުރި 2 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

އެޗްއީއޯސީން ވިދާޅުވީ ހއ. ކެލާއިން ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި ހއ. ދިއްދޫ އިން ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި 22 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

މި ދެ މީހުންވެސް ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނު ނިންމުމަށް ފަހު ޓެސްޓު ކުރުމުން ކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވީ އަދަދު 8900 އަށް އަރާފައިވާއިރު މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ހުރީ 2304 ކޭސް އެވެ. މި ބަލި ޖެހިގެން 31 މީހުން މަރުވެފައި ވާއިރު ރާއްޖެއިން މިބަލި ޖެހުމަށްފަހު ރަނގަޅުވެފައި ވަނީ 6559 މީހުންނެވެ.

މިވަގުތު 134 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު އައިސޮލޭޝަން ފެސިލިޓީ ތަކުގައި 1029 މީހުން އެބަތިއްބެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ