މުޅި ދުނިޔޭގެ އާދޭހަށް ބީރުކަންފަތެއްދީ އީރާނުން ނާވިދް އަފްކާރީ ދަންޖައްސައިފި

މުޅި ދުނިޔޭގެ އާދޭހަށް ބީރު ކަންފަތެއްދީ އީރާނުން އެގައުމުގެ މައްޝޫރު ރެސްލިން ތެޅުންތެރިޔާ ނާވިދް އަފްކާރީ ދަންޖައްސައި މަރާލައިފިއެވެ.

އީރާނު ސަރުކާރުން އުމުރުން 27 އަހަރުގެ އަފްކާރީ ދަންޖައްސައިފައިވަނީ 2018 ވަނަ އަހަރު އީރާނު ސަރުކާރާއި ދެކޮޅަށް އެގައުމުގައި ކުރި މުޒާހަރާއެއްގެ ތެރެއިން ސެކިއުރިޓީ ގާޑަކު މެރިކަމަށް ތުހުމަތު ކޮށްފައެވެ.

ނަމަވެސް މި ތުހުމަތުތަކަށް އަފްކާރީވަނީ އިންކާރު ކޮށްފައެވެ. އަދި އޭނާގެ ބަޔާން ނަގައިފައިވަނީ ބިރު ދައްކައިގެން ކަމަށްވެސް އަފްކާރީގެ ވަކީލު މެދުވެރިކޮށް އަފްކާރީ ބުނެފައި ވެއެވެ.

އަފްކާރީ ދަންޖެއްސި މައްސަލައިގައި ބައިނަލް އަގްވާމީ އޮލިމްޕިކް ކޮމެޓީއިންވެސްވަނީ ހިތާމަ ފާޅުކޮށްފައެވެ. އަދި އަފްކާރީ ސަލާމަތް ކުރުމަށް އެންމެހާ އެތުލީޓުންނާއި އަދި އޮލިމްޕިކް ކޮމެޓީއިން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާކަން ފާހަގަ ކޮށްފައި ވެއެވެ.

މިމައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕުވެސްވަނީ އަފްކާރީ ދަންޖައްސައި ނުމެރުމަށް ގޮވާލައިފައެވެ. އަދި އަފްކާރީގެ ހަމައެކަނި ކުށަކީ ސަރުކާރާއި ދެކޮޅު މުޒާހަރާއެއްގައި ބައިވެރިވުން ކަން ފާހަގަ ކޮށްފައި ވެއެވެ.

2018 ވަނަ އަހަރު އީރާނު ސަރުކާރާއި ދެކޮޅަށް އެގައުމުގައި ކުރި މުޒާހަރާއެއްގެ ތެރެއިން ސެކިއުރިޓީ ގާޑަކު މަރާލި މައްސަލައިގައި އަފްކާރީގެ އިތުރުން އޭނާގެ ދެ ބޭބެއިން ކަމަށްވާ ވާހިދުއާއި ހަބީބަށްވެސްވަނީ 54 އަހަރާއި 27 އަހަރުގެ ޖަލު ހުކުމް އިއްވައިފައެވެ.

މިލިޔުން ކިޔާލުމުން
13862778
ގުޅުންހުރި ލިޔުންތައް

4 Responses

  1. Mayaanu

    Iran akee islaamee verikameh onna thaneh noon

  2. Habeebu

    maruhabaa miraajjge vagunge aiyvess kandanvee

    4
    2
  3. ދޮންބެ

    މި ޜާއްޖޭގެ ޢެތްލީޓަކު މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ވީޑިޔޯއާއި ހުރިހާ ހެއްކެއް ހުއްޓާވެސް ގެންގޮސް އިނާމަކަށް ދިނީ ޔޫތް މިނިސްޓްރީގެ ޢެގްޒެކެޓިވް ޑިރެކްޓަރުކަން.

    81
    6
  4. Trump

    Meehaku Mara Ekan saabithuvejjenama maranvee. Siyaasee meehaa Adhi kulhivaruga mashooru meehun kuh nukuraa kamah dhakkan ulheyne kameh neh. Badhalah badhalu hifanjehey

    42
    3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ