އުކުޅަހުގައި ކަރަންޓީނުގައި ހުރި މީހަކު ނިޔާވެއްޖެ

އުކުޅަހުގައި ކަރަންޓީނުގައި ހުރި މީހަކު ނިޔާވެއްޖެއެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް މި ނޫހަށް ވިދާޅުވީ މި މީހާ ނިޔާވެފައިވަނީ ރޭ 11 ޖަހާއިރު ކަމަށާއި ނިޔާވެފައިވަނީ އުމުރުން 66 އަހަރުގެ އަންހެނެެއް ކަމަށެވެ.

ޝައުކަތު އިބްރާހިމް ވިދާޅުވީ ނިޔާވި މީހާ އަކީ ވަރަށް ބަލި މީހެއް ކަމަށާއި އެގޮތުން ހިތުގެ ބައްޔާއި އަދި ފުއްޕާމޭގެ ބަލި ހުންނަ މީހެއް ކަމަށާއި ނިޔާވެފައި ވަނީ މާލެ އިން ފަރުވާ ހޯދައިގެން ރަށަށް އައިސް 2 ވަނަ ދުވަހު ކަމަށެވެ.

މާލެ އިން ރަށަށް އަންނަމުން ކޮވިޑް-19 އަށް ޓެސްޓް ހެދިކަމަށާއި ނަމަވެސް އެ ޓެސްޓް ނެގެޓިވް ކަމަށް ޝައުކަތު އިބްރާހިމް ވިދާޅުވިއެވެ. އަދި ނިޔާވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ނޫން ކަމަށާއި ބޮޑަށް ލަފާކުރެވެނީ ހިތުގެ މައްސަލައަކުން ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ