ޗީފް ކެބިނެޓު ސެކްރެޓަރީ ޔޮޝިހިޑޭ ސުގާ

ޖަޕާނުގެ އާ ބޮޑުވަޒީރަކަށް ޔޮޝިހިޑޭ ސުގާ؟

ޖަޕާނުގެ އާ ބޮޑުވަޒީރުކަމަށް އެގައުމުގެ ޗީފް ކެބިނެޓު ސެކްރެޓަރީ ޔޮޝިހިޑޭ ސުގާ އައްނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެން ފަށައިފިއެވެ.

އާ ބޮޑުވަޒީރު ހޮވުމަށް އަންނަ ބުދަ ދުވަހު ބާއްވާ ވޯޓުގައި އެ މަގާމަށް ހޮވޭނީ ސުގާ ކަމަށް ބެލެވެން ފަށައިފައިވަނީ ޖަޕާނުގެ ވެރިކަން ކުރާ ޕާޓީ އަދި ޕާލަމެންޓުގެ އަގުލަބިއްޔަތު އޮންނަ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ ލީޑަރު ކަމަށް ސުގާ ހޮވުމާއި ގުޅިގެންނެވެ.

ސުގާ އެލްޑީޕީގެ ލީޑަރުކަމަށް އިންތިހާބުކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ހާލުކޮޅު ގޯސްވުމާ ގުޅިގެން ސިޔާސީ މަސައްކަތްޕުޅުން ދުރުވެ ވަޑައި ގެންނެވުމުންނެވެ.

އުމުރުފުޅުން 71 އަހަރުފުޅުގެ ސުގާ އަކީ އަބޭގެ އަރިސް ބޭފުޅެކެވެ. މިހެންކަމުން އަބޭ ބޮޑުވަޒީރު ކަމުގައި ހުންނަވާ ކުރިއަށް ނެރުވި ޕޮލިސީތަކާއިގެން ވެރިކަން ކުރިއަށް ގެންދަވާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ސުގާ ޖަޕާނުގެ ބޮޑުވަޒީރުކަމަށް އިންތިހާބުވެވަޑައިގެންފިނަމަ އަންނަ އަހަރުގެ ސެޕްޓެންބަރު މަހާއި ހަމައަށް ވެރިކަމުގައި ދެމިހުންނާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ