ސޭފް ޓްރެވެލް ލިސްޓްގައި ރާއްޖެ ހިމެނިއްޖެ

ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން ދޭ، ސޭފް ޓޫރިޒަމް ސްޓޭމްޕް ރާއްޖެއިން ހޯދައިފި އެވެ.

ޓުއުރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ސަރުކާރުން މި ގައުމަށް ދަތުރުކުރާ ގައުމުގެ މީހުންނާއި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގަވާއިދުތައް ޑަބްލިއުޓީޓީސީ އިން ފާހަގަކޮށްފައިވާކަމަށެވެ.

އެހެންކަމުން ކޮވިޑް-19 އާއި ގުޅިގެން ވޯލްޑް ޓްރެވެލް އެންޑް ޓޫރިޒްމް ކައުންސިލް އިން ރައްކާތެރި ގައުމު ތަކަށް ދޭ “ސޭފް ޓްރެވަލް” ދިވެހިރާއްޖެއަށް ލިބިފައިވާކަމަށެވެ.

ރާއްޖެއަށް “ސޭފް ޓްރެވަލް” ސްޓޭމްޕް ލިބިފައިވާއިރު، ރާއްޖެއަށް  ޓޫރިސްޓުން އައުމުގެ ކުރިން ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތުން ސަރުކާރުން ވަނީ މީގެ ކުރިން ހަމަޖައްސާފައެވެ.

ޑަބްލިއުޓީޓީސީ އިން ދޭ "ސްޓޭމްޕް" އަކީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގައި ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމުން، ދޭން ސެޓްފިކެޓެކެވެ. މި ސެޓްފިކެޓް އެންމެ ފުރަތަމަ ހޯދި އެއް ގައުމަކީ އަވަށްޓެރި ސްރީލަންކާ އެވެ. މި ސެޓްފިކެޓް ދޭ ޑަބްލިއުޓީޓީސީން ބުނެފައިވާ ގޮތުގައި މިއީ ޓޫރިސްޓުންނަށް ޔަގީންކަން ލިބިގެންދާނެ ސެޓްފިކެޓެކެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ