އަލިފާން ރޯވުމުގެ ހާދިސާތައް ހިނގަމުންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބަކުން ނޫން: ޓުރަމްޕް

ޖަނގަލިތަކުގައި އަލިފާން ރޯވުމުގެ ހާދިސާތައް ހިނގަމުން އަންނަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވެގެން ނޫންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ވެސްޓް ކޯސްޓްގު ޖަންގަލިތަކުގައި އަނދަމުންދާ އަލިފާންތަކާއި ގުޅިގެން ޓުރަމްޕް ވިދާޅުވީ ޖަންގަލިތަކުގައި ރޯވެ އަނދަމުންދަނީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކަން ގަބޫލު ނުކުރެވޭ ކަމަށާއި ނަމަވެސް ޖަންގަލިތައް ބެލެހެއްޓުމުގައި ވެފައިވާ އިހުމާލުގެ ސަބަބުން ކަމަށެވެ.

މި މައުލޫގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޓުރަމްޕް ވިދާޅުވީ، ދުނިޔެ ހޫނުވުމާއި ގުޅޭގޮތުން ސައިންސަށް މާބޮޑު އެއްޗެއް ނޭންގޭ ކަމަށާއި މަދު ދުވަސްކޮޅެއްގެ ތެރޭގައި ފިނިވާން ފަށާނެ ކަމަށެވެ.

އެމެރިކާގެ ވެސްޓް ކޯސްޓްގު ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާނުގެ ސަބަބުން ވެސްޓް ކޯސްޓުގެ ސްޓޭޓްތައް ކަމަށްވާ ކެލިފޯނިއާ، އޮރިގަން، އަދި ވޮޝިންޓަން ސްޓޭޓުގެ ފަސް މިލިއަނެއްހާ އޭކަރު މިހާތަނަށް އަންދައިގެން ގޮސްފައިވެއެވެ. އަދި މި އަލިފާނުގެ ސަބަބުން 36 މީހުންވަނީ މަރުވެފައެވެ.

މިދިޔަ މަހުގެ މެދަކާ ހިސާބުގައި ވެސްޓް ކޯސްޓްގެ ތިން ހިސާބެއްގައި ރޯވެ ފެތުރެން ފެށި އަލިފާންގަނޑު އަދިވެސް ކޮންޓުރޯލް ކުރެވިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ