ސ. މަރަދޫފޭދޫ ސ. މަރަދޫ އަދި ސ. ފޭދޫ ނަރުދަމާ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމުމަށްފަހު ފެނަކަ ކޯޕަރޭޝަން ލިމިޓަޑްއާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިން އިން ވިދާޅުވެފައިވަނީ ސ. މަރަދޫފޭދޫ އަދި ސ.މަރަދޫ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހުރިހާ މަސައްކަތްވަނީ އެއްކޮން ނިމިފައި ކަމަށާއި، މިހާރު
ކުރިއަށްދަނީ ސ. ފޭދޫގެ ސީއައުޓްފޯލްގެ ރެކްޓިފިކޭޝަން މަސައްކަތްތައްކަމަށެވެ.
މި މަސައްކަތުގެ ނިމުނުބައި ފެނަކަ އާއި ހަވާލުކޮށްފައި ވަނި 12 ސެޕްޓެމްބަރ 2020 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން ސ. މަރަދޫފޭދޫ އަދި މަރަދޫގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ނިންމައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލު ކުރުމުގެ ކުރިން، އެދެ ރަށުގެ ޕަމްޕިންގ ސްޓޭޝަން، ޕެނަލް ބޯޑްސް އަދި ޓްރާންސްފަރ ސްޓޭޝަންތައް އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން އަދި ކޮންސަލްޓެންޓުންގެ ޓީމުން ބަލައި ވަނީ ފާސްކޮށްފައެވެ.
މި ދެ ރަށުގައި 10,289 މީޓަރުގެ ހޮޅި ވަޅުލައި، ސ. މަރަދޫގެ ޓްރާންސްފަރ ސްޓޭޝަންގައި 720 މީޓަރުގެ ސީއައުޓްފޯލްއެއް ޤާއިމުކޮށްފައިވެއެވެ.
މީގެއިތުރުން، އެމްޓީސީސީގެ ޕްރޮޖެކްޓްސް ޓީމުގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ލިމިޓަޑްގެ މުވައްޒަފުންނަށް ނަރުދަމާ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ތަމްރީނުކުރުމުގެ ސެޝަންތަކެއް ވަނީ ބާއްވާފައެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫޢުއަކީ 124,189,253.62 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީ އިން ވިދާޅުވެފައި ވަނީ މި މަޝްރޫޢު އެއްކޮން ނިންމާލުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ކަމަށެވެ.



