އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ފަސް މިލިއަނަށް އަރައިފި

އަވަށްޓެރި އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު ފަސް މިލިއަނަށްވުރެ އިތުރުވެއްޖެއެވެ.

ދުނިޔޭގެ އެހެނިހެން ގައުމުތަކާއި ހިލާފަށް މިވަގުތު އިންޑިއާގައި މިބައްޔަށް ދުވާލެއްގެ ތެރޭ ޕޮޒިޓިވުވާ މީހުންގެ އަދަދުވަނީ ރިކޯޑް މިންވަރަކަށް އިތުރުވެގެން ގޮސްފައެވެ. މިގޮތުން ދުވާލަކު ފާއިތުވެދިޔަ ފަސްދުވަސްތެރޭ 90،000 މީހުން ޕޮޒިޓިވުވެފައި ވެއެވެ.

މިހެންނަމަވެސް އިންޑިއާ ފާހަގަ ކޮށްލެވިގެންދަނީ އެހެން ގައުމުތަކާއި އަޅާބަލާއިރު ކޭސްލޯޑުގެ ގޮތުން މަރުވާ އަދަދު މަދު ގައުމެއްގެ ގޮތުގައެވެ. އިންޑިއާގައި މިހާތަނަށް މިބަލީގައި މަރުވި މީހުންގެ އަދަދަކީ 82،669 އެކެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާދަރަޖައަށް އުފުލިގެން ގޮސްފައި މިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އިންޑިއާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ އިގްތިސާދަށް ލިބުނު ގެއްލުން ފޫބެއްދުމަށް ފުރަބަންދަށް ލުއިތައްދޭން ފެށުމާއި ގުޅިގެންނެވެ.

ޖުމްލަކޮށް އިންޑިއާގެ އެންމެހާ ވިޔަފާރިތަކެއް ހުޅުވައި އާންމު އުސޫލުގެ ދަށުން ހިދުމަތްދޭން މިހާރުވަނީ ފަށައިފައެވެ. ނަމަވެސް ތައުލީމް ފޯރުކޮށްދޭ ތަންތަން ކަމަށްވާ ސްކޫލްތަކާއި އަދި ކޮލެޖުތައް އަދިވެސް ހުޅުވާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ