އުމަރު ނަޞީރު - ފޮޓޯ: ޕީއެސްއެމް

އައްޑު އަތޮޅުގައި 50 އަހަރު ތިބުމަށް އިންޑިއާ އިން އެދިފައިވޭ: އުމަރު

އިންޑިއާ އިން ވަނީ 50 އަހަރަށް އައްޑު އަތޮޅުގައި ތިބުމުގެ ހުއްދަ ދޭން ސަރުކާރުގައި އެދިފައިވާ ކަމަށް ރާއްޖޭގެ ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވެފެފައި ވަނީ ރޭ ބޭއްވި “ޗެޓް ވިތް އުމަރު” އިވެންޓް ގައި ވާހަކަ ދައްކަވަމުންނެވެ.

މި އިވެންޓްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އިންޑިއާ އަކީ އަޅުގަނޑުމެންގެ ރައްކާތެރިމަށް އައިސް ތިބި ބައެއް ނޫން ކަމަށާއި އެއީ އެމީހުންގެ ދުޝްމަނުންނަށް ފާރަލާ ދުޝްމަނުންގެ ހަރަކާތްތައް ބެލުމަށް އައިސް ތިބި ބައެއް ކަމަށާއި އެމީހުން އެ ބަލަނީ ރަޝިއާގެ މޫމެންޓާއި ޗައިނާގެ މޫމެންޓް ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ކަމަކާ ބެހެން އައިސް ތިބި ބައެއް ނޫން. އެކަމަކު މިން ނިމޭނީ މިހާ ބާރުގަދަ ބަޔަކު އަޅުގަނޑުމެންގެ ފަސަގަނޑުގައި ތިބެފައި މާދަމާ އަޅުގަނޑުމެންމާއި ދޭތެރޭ ހިތްހަމަނުޖެހުމެއް އަންނަ ދުވަހެއްގައި އެއްކަލަ ބަޑިތައް އެންބުރޭނީ އަލުގަނޑުމެންނާ ދިމާލަށް" އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރު ވިދާޅޫވީ، ދާދި ފަހުން އިންޑިއާއިން އެއްބަސްވީ ރާއްޖެ އަށް ބްރިޖް އެޅުމަށް 400 މިލިއަން ޑޮލަރަކާއި ބަޖެޓް ސަޕޯޓަށް 250 މިލިއަން ޑޮލަރު ދޭން ކަމަށާއި މި 250 މިލިއަން ޑޮލަރު ދޭނީ އައްޑުއަތޮޅު ގަމުގައި އިންޑިއާގެ ސިފައިން 50 އަހަރު ގާއިމްވެ ތިބުމަށް ހުއްދަ ދިނުމުން ކަމަށް ބުނެ މިއަދު ދަނީ އިންޑިއާ އިން ވަކާލާތު ކުރަމުން ކަމުގައެވެ. އަދި މިއީ އަޅުގަނޑަށް ލިބިފައިވާ، ގަތްގަނޑަކަށް ކަށަވަރުވާ މައުލޫމާތެއް ކަމުގައި ވިދާޅުވިއެވެ.

"އަދި ނުދޭ 250 މިލިއަން ޑޮލަރެއް. އަދި ދޭން އެއްބަސްވީ. މިއީ އިންޑިއާ އިން ވަރަށް ގިނައިން ކުރާ ކަމެއް. އެއްބަސްވާނެ ކޮންމެސް ކަމެއް ކޮށްދޭން. އެއްބަސް ވެފަ އޭގެ ފަހަތުން ގެންނާނެ މި މީހުންގެ އެދޭ ކަންކަން. މިހާރު 250 މިލިއަން ޑޮލަރު އަޅުގަނޑުމެންނަށް ދިނުމުގެ ބަދަލުގައި މި އެދެނީ އައްޑުއަތޮޅުގައި 50 އަހަރަށް ގާއިމްވުމުގެ ތިބުމުގެ ހުއްދައަށް." އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ، އަޅުގަނޑުގެ މި ސްޓޭޓްމެންޓަށް މާދަމާ އިންކާރު ކުރާނެ ކަން އަލުގަނޑަށް ޔަގީން ކަމަށާއި ކިތަމެވަރަށް އިންކާރު ކުރިނަމަވެސް މިއީ ހިންގާފައިވާ ކަމެއް ކަމަށާއި އިންޑިއާ އިން ވަނީ 50 އަހަރަށް އައްޑު އަތޮޅުގައި ތިބުމުގެ ހުއްދަ ދޭން ސަރުކާރުގައި އެދިފައި ކަމަށެވެ. އަދި ދިވެހި ސަރުކާރުން މިކަމަށް އެއްބަސް ނުވާ ކަމަށާއި އަޅުގަނޑު އުންމީދު ކުރަނީ ދިވެހި ސަރުކާރުން އެއްބަސް ނުވާނެ ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
112
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ