އޭސީސީގެ މެންބަރުން މާލިއްޔަތު ކޮމެޓީގައި

"އޭސީސީގެ މެންބަރުން މިފަހަރު ސަލާމަތްވާނެބާ؟"

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން މި ފަހަރު ސަލާމަތްވާނެތޯ މާލެ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ މެންބަރު އަލްފާން ފަހުމީ ސުވާލު އުފައްދަވައިފިއެވެ.

އަލްހާން މި ސުވާލު އުފައްދަވާފައި މިވަނީ އެމްޑީޕީގެ ރައީސް އަދި ކުރިގެ ރައީސް ނަޝީދު ރިޝްވަތު ހިފިކަމަށް ތުހުމަތުކޮށް އޭސީސީއަށް އަމިއްލަ ފަރާތަކުން ހުށައެޅި މައްސަލަ އެކޮމިޝަނުން ބަލަން ފެށުމާއި ގުޅިގެންނެވެ.

އެގޮތުން ރައީސް ނަޝީދުއާއި ދެކޮޅަށް ހުށައަޅާފައި ވަނީ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދިނުމުގައި އެމަނިކުފާރު ރިޝްވަތު ހިފިކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލަ އޭސީސީއަށް ހުށައަޅާފައި ވަނީ ފެބުރުވަރީ 13 ވަނަ ދުވަހުއެވެ.

މިކަމާއި ގުޅިގެން އަލްހާން ވިދާޅުވެފައި ވަނީ ރިޝްވަތު ހިފިކަމަށް ތުހުމަތު ކުރާނީ ނަޝީދުގެ ހަމައިން ނަމަ، ރިޝްވަތު ހިފާތީ ކަމަށާއި މައްސަލަ ބަލާނީވެސް ބަލަންޖެހޭ މިންވަރުގެ ތުހުމަތެއްް އޮތީތީ ކަމަށެވެ. 

އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ވަނީ 12 ފެބްރުއަރީ 2020 ގައި ރައްޔިތުންގެ މަޖްލީހުގެ އާ އިމާރާތުގައި ޓީއެމްއޭގެ ބޯޑު މެމްބަރުންނާއި އެކު މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ސިއްރު ބައްދަލުވުމެއް ބާއްވާފައިވާކަމަށް ބުނެފައެވެ. އަދި ޓީއެމްއޭއަށް އާ ޓާމިނަލް ދޭންޖެހޭ ކަމަށް ވިދާޅުވެ އެމަނިކުފާނު ޓްވީޓް ކުރައްވާފައި ވާކަމަށްވެސް ބުނެފައިވެއެވެ.

ޓީއެމްއޭއަށް ޓާމިނަލް ދިނުމުގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ ރައީސްގެ ޚިޔާލު ވަނީ ވަރަށް ބޮޑަށް ތަފާތުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ