އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް

ޓުރަމްޕާއި ދެކޮޅަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އޭނާ ދޮގުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް މޮޑެލްކުރާ އަންހެނަކަށް ޖިންސީ ގޮތުން ފުރައްސާރަ ކޮށްފައިވާ ކަމަށްބުނެ ދެކެވޭ ވާހަކަތައް ޓުރަމްޕް ދޮގުކުރައްވައިފިއެވެ.

އެމެރިކާގެ ނިއުޔޯކު ސިޓީގެ ކުރީގެ މޮޑެލްއެއް ކަމަށްވާ އަމީ ޑޮރިސް އިނގިރޭސިވިލާތުގެ ގާރޑިއަން ނޫހަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ 1997 ވަނަ އަހަރުގައި ޓުރަމްޕް އޭނާއަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށެވެ.

މިގޮތުން ގަދަކަމުން ޓުރަމްޕްވަނީ އޭނާގެ ޖިންސީ ގުނަވަންތަކުގައި އަތްލައި އޭނާއަށް ގަދަކަމުން ބޮސްދީފައި ކަމަށް ޑޮރިސް ގާރޑިއަން ނޫހަށް ދިން އިންޓަރވިއުގައި ބުނެފައި ވެއެވެ. މީގެއިތުރުން ޑޮރިސް ބުނެފައިވަނީ މިހާދިސާ ހިނގައިފައިވަނީ، ޔޫއެސް އޯޕަން ޓެނިސް މުބާރާތެއް ބެލުމަށް ގޮސް ހުއްޓައި ކަމަށެވެ.

ޑޮރިސްގެ މިވާހަކަތައް ދޮގުކުރަމުން ޓުރަމްޕުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅިގެން ޓުރަމްޕުގެ ތާއީދު ކުޑަކުރުމަށް ދައްކައިގެން އުޅޭ ވާހަކަތަކެއް ކަމަށެވެ. އަދި މިމައްސަލައިގައި ގާރޑިއަށް ނޫސް ޒިންމާދާރު ކުރާނެ ކަމަށެވެ.

ގާރޑިއަން ނޫހަށް ދިން އިންޓަރވިއުގައި ހާދިސާ ހިނގިގޮތް ތަފްސީލު ކޮށްދެމުން ޑޮރިސް ބުނެފައިވަނީ، އޭރު އޭނާގެ އުމުރުން 24 އަހަރު ކަމަށާއި އޭނާ ޓެނިސް މުބާރާތް ބަލަން ގޮސްހުރީ އޭރު އޭނާގެ ބޯއީފުރެންޑާއެކު ޓުރަމްޕުގެ ވީއައިޕީ ބޮކްސް ތެރޭ ކަމަށެވެ. އަދި އެތާ ހުރުމަށްފަހު އޭނާ ފާހާނާއަކަށް ދިޔަ ކަމަށާއި ފާހާނާއިން ނުކުތްއިރު ޓުރަމްޕް އޭނާގެ އިންތިޒާރުގައި ފާހާނާ ބޭރުގައި ހުރި ކަމަށެވެ.

ޑޮރިސް ބުނީ އޭނާ ފާހާނާއިން ނުކުތުމުން އޭނާގެ ގައިގެ އެކިއެކި ޖިންސީ ގުނަވަންތަކުގައި ގަދަކަމުން ޓުރަމްޕް އަތްލައި ޖިންސީ ގޯނާ ކުރި ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރުމަށް ޓުރަމްޕް ކައިރީ ބުނިކަމަށެވެ.

ޓުރަމްޕް އާއި ދެކޮޅަށް މީގެ ކުރިންވެސް މިފަދަ އެތައް ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އެތައް ގިނަ އަންހެނުން ކޮށްފައި ވެއެވެ. ނަމަވެސް ޓުރަމްޕްވަނީ މިހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ