ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް އުތުރަށާއި މެދު ރާއްޖެތެރެއަށް ވައިޓް އެލާރޓް ނެރެފިއެވެ.
މެޓް އޮފީހުން ހުދު އެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ފ. އަތޮޅަށެވެ. މިރޭގެ 21:00 ން މިރޭގެ ދަންވަރު 02:00 އަށް ނެރެފައިވާ މި އެލާރޓްގައި ބުނެފައިވަނީ އެލާރޓްގެ ވަގުތުގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި މިސަރަޙައްދުތަކަށް ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑުއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
އަދި މިސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުގައި އެލާރޓްގައި ބުނެފައިވެއެވެ.
Heavy rain, thunderstorms and strong winds of 19 - 24 mph and gusts of 45 mph with rough seas expected. pic.twitter.com/ekFgPmM1tc
— Maldives Meteorology (@MetMaldives) September 22, 2020
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، މެދުރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. މީގެއިތުރުން ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ކުރުން އެކަށީގެންވާކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
ދެކުނުގެ އަތޮޅުތަކުގައި އާދައިގެވަރަކަށް މަޑު ވާނެކަމަށާއި އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވާއިރު، ވިލާގަނޑުގައި ގަނޑުތައް ގަދަ ވާނެކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
އަދި ހުރިހައި ފަރާތްރަކުން މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.



