ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ބަދަލުގެންނަށް ޕާޓީތަކާއި މަސްވަރާކުރަނީ

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ބަދަލުގެންނަށް ޕާޓީތަކާއި މަސްވަރާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަން ފެންނަ އިސްލާޙްތަކާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއިއެކު ބާއްވާ މަސްވަރާ ބައްދަލުވުމެއް 2020 ސެޕްޓެމްބަރ 29 ވާ އަންގާރަ ދުވަހު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އަންގާރަ ދުވަހު ހެނދުނު 10:30 ގައި ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް މުހިންމު ބޮޑެތި އިސްލާޙުތަކެއް ހުށައަޅަން އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރާ އުސޫލަށްވެސް ބޮޑެތި ބަދަކުތަކެއް ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

2019 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން ނިންމީ އެ ޕާޓީތަކުގައި ރަޖިސްޓަރީވެފައިވާ މެންބަރުންގެ ނިސްބަތަށް ބަލައިގެނެވެ. 2019 އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުރަން އަންގާފައިވަނީ  4 ސިޔާސީ ޕާޓީއަކަށް ޖުމްލަ 26،278،073ރ (ސައްބީސް މިލިއަން ދެލައްކަ ހަތްދިހަ އަށްހާސް ހަތްދިހަ ތިންރުފިޔާ) ރުފިޔާއެވެ.

2019 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކޮށްދިނުމަށް ފިނޭންސްގައި އެދިފައިވަނީ، މޯލްޑިވިއަން ޑޮމޮކްރަޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް (ޕީޕީއެމް) ގެ އިތުރުން މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ