އެތައް މިލިއަން ބަޔަކު ބޭނުން ކުރަމުން އަންނަ ޓިކްޓޮކަކީ ގިނަ ދިވެހިންވެސް މިހާރު ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަނެކެވެ. މިއުޒިކަލީގެ ނަމުގައި ތައާރަފް ވެގެން އައި މި އެޕްލިކޭޝަން ވަނީ 2 އޮގަސްޓް 2018 ގައި ޓިކްޓޮކް ގެ ނަމަށް ބަދަލުކޮށްފައެވެ.
ވިސްނާލަށެވެ. އިސްލާމް ދީނުގައި ލަވައާއި މިއުޒިކަކީ ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެކެވެ. ވީއިރު ދިވެހިން ޓިކްޓޮކްގައި އެއްވެސް ބިރެއް ފިކުރެއް ނެތި މިއުޅެނީ ހަމަ އެއްވެސް އެއްޗެއް ނުވިސްނޭތީބާއެވެ؟ ނޫނީ ވިސްނަން ބޭނުން ނުވަނީބާއެވެ؟ ގަޔަށްބާރު ހެދުން އަޅައިގެން ނުވަތަ އަންހެނުން ފިރިހެން ހެދުން އަޅައިގެން މިއުޒިކް ޖަހައިގެން ކުރާ ޑާންސްތައް ޕަބްލިކަށް ދޫކޮށް މިލަނީ ހަމަ އެއްވެސް އެއްޗެއް ހިތަށް ނާރާތީބާއެވެ؟
މިއަދު ޓިކްޓޮކަށް ދޫކޮށްލާ ވީޑިއޯ ކޮޅަށް ހާހުން ލައިކް ލިބި ގިނަ ވިއުސް ލިބުމުން އެކަމާ އުފާ ވިޔަސް މާދަމާ އެކަމުން ލިބޭނެ އުފަލެއް އެބައޮތް ހެއްޔެވެ؟ ވަގުތު ފާއިތުވުމުގެ ކުރިން ވިސްނާލާށެވެ. ވަނާތަށް ފާޅުވާނެހެން ގަޔަށް ބާރު ހެދުން އަޅައިގެން މިއަދު މަޝްހޫރުކަން ލިބި މޮޅު މީހަކަށް ވެވިދާނެއެވެ. އެހެން ނަމަވެސް ދެންއޮތް ދުނިޔޭގައި މިކަމުން ލިބޭނެ މޮޅެއް ނެތެވެ.
ޓިކްޓޮކް އިން މައްޝޫރުކަން ލިބޭ ފަރާތްތަކަށް ފިލްމީ ދާއިރާއިން ފުރުސަތު ލިބުމަކީ ދުނިޔޭގެ ހަޔާތުގައި ލިބޭ ބޮޑު ކާމިޔާބީ އަކަށް ވެދާނެއެވެ. އެހެންނަމަވެސް އެ ދާއިރާއިން ކުރިއަށް ދިއުމަށް ވިސްނާ އުމުރު ބޭކާރުގޮތުގައި ހޭދަކުރުމަކީ ފަހުން އެކަމުގެ ހިތާމަ ކުރާނެކަމެއްކަން ޔަޤީނެވެ.
މުސްކުޅި އުމުރުފުރައިގެ ދިވެހި ފިރިހެނުން އަދި އަންހެނުން ވެސް ޓިކްޓޮކް އިން މިހާރު މަދުން ނަމަވެސް ފެންނަމުން އެބަދެއެވެ. މިއީ ހަޤީޤަތުގައި ހިތާމަ ހުރި ކަންކަމެވެ.
މިއަދުގެ މި މުޖުތަމައުގައި އައުރަ ނިވާނުކޮށް ޒީނަތްތެރިކަމަށް ހެއްލި ޓިކްޓޮކް ފަދަ އެޕްލިކޭޝަން ތަކުގައި ހިތުހުރިގޮތަކަށް އުޅެމުންދާ ދިވެހިން ގިނަވެއްޖެއެވެ. ދުނިޔޭގެ އުފަލަށްޓަކައި އާޙިރަތުގެ ހިތްހަމަ ޖެހުން ހަނދާން ނައްތާ ނުލާށެވެ. ހަޤީޤީ ކާމިޔާބާ ހަމައަށް ވާސިލްވާން ބޭނުންނަމަ މިފަދަ އެންމެހާ ނޭދެވޭ ކަންކަމުން އެއްކިބާވާށެވެ.
ނަރަކައިގެ ގަދަ ހޫނުން ފިހެން ބޭނުން ނުވާނަމަ ވަގުތު ފާއިތުވުމުގެ ކުރިން ޓިކްޓޮކް ފަދަ ފާހިޝް ކަންކަމަށް މަގުފަހިކޮށްދޭ އެންމެހާ ކަންކަމުން ދުރުހެލިވާނެ އެބަޖެހެއެވެ.





ހިޔާލު
ވަރަށް ފުރިހަމަ ލިއުމެއް. ދެން އިރުކޮޅަކުން ޖަހާނީކީ ނޫން ކައިޒީންގެ ބަރަހަނާ ފޮޓޯއެއް،