ދީމާ ތަމްރީނަށް ފުރުމުގެ ކުރިން މިނިސްޓަރ މަހްލޫފާއި ބައްދަލުކުރައްވައިފި

ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީގެ ތަމްރީނަށް ކޮލޮމްބޯއަށް ފުރުމުގެ ކުރިން، ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ދީމާ އާއި ބައްދަލުކުރައްވާ ތަމްރީނުތައް ރޭވިފައިގޮތާއި ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، މިނިސްޓަރ މަހްލޫފާއި ދީމާގެ އިތުރުން، އޭނަގެ މައިންބަފައިންވެސް ބައިވެރިވެފައިވެއެވެ.

ތައިލޭންޑްގައި ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިން ދީމާގެ ތަމްރީން ހަރަދުތަކާ ޔޫތު މިނިސްޓްރީން ވަނީ ހަވާލުވެފައެވެ.

ދީމާގެ ތަމްރީންތަކަށް މިހާތަނަށް ހަރަދުކުރަމުން އައީ އޭނާގެ އާއިލާ އިންނެވެ. އެގޮތުން ސްކޫލް ޗުއްޓީތަކުގައި ވެސް އެކި ގައުމުތަކަށް ގެންގޮސް ތަމްރީން ޕްރޮގްރާމްތަކުގައި އައީ ބައިވެރި ކުރަމުންނެވެ.

މިދިޔަ އަހަރު ޖުލައިމަހު މޮރިޝަސްގައި ކުރިއަށްދިޔަ އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސްގައި ދީމާވަނީ ރާއްޖެއަށް ތިން ރަން މެޑަލް ކާމިޔާބުކޮށްދީފައެވެ. ދީމާ ރަން މެޑަލް ހޯދާފައިވަނީ ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގެ އިތުރުން ޓޭބަލް ޓެނިސްގެ ޑަބަލްސް އިވެންޓުންނާއި ޓީމް އިވެންޓުންނެވެ. އެއަހަރުގެ ގޭމްސްގައި ދީމާ ކުޅުނު ތިން އިވެންޓުންވެސް ދީމާވަނީ ރަން މެޑަލް ހޯދާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ