ޗުއްޓީއަށް ދާ ރިސޯޓު މުވައްޒަފުންނަށް ކަރަންޓީނަށް 14 ދުވަސް ދޭން އެދެފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރިސޯޓުން ރަށްރަށަށް ދާއިރު14 ދުވަހު ކަރަންޓީނު ވާންޖެހެއެވެ. އެހެންކަމުން ރިސޯޓު މުވައްޒަފުން ޗުއްޓީއަށް ދާއިރު ކަރަންޓީނަށް14 ދުވަސް ދިނުމަށް އެދެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވީ،  މުވައްޒަފުން އޮފް ދުވަސްތައް އެއްކޮށްގެން ނުވަތަ އަހަރީ ޗުއްޓީގައި ދާއިރު ޗުއްޓީ ދުވަސްތަކުގެ އިތުރަށް އިތުރު 14 ދުވަސް ކަރަންޓީނަށް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ސެޕްޓެމްބަރު 15 ވަނަ ދުވަހާއި ހަމައަށް ދުނިޔޭގެ އެކިއެކި ޤައުމުތަކުން ވަނީ ރާއްޖެއަށް 13،516 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.

ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވާލުމަށްފަހު ސެޕްޓެމްބަރ މަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ