ރޭގެ ހަފްލާގައި ޤާސިމް ިއިބްރާހީމް - ފޮޓޯ: މިހާރު

ދީނަށް ފުރައްސާރަކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ޤާސިމް ގޮވާލައްވައިފި

ދީނަށް ފުރައްސާރަކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް މާމިގިލި ދާއިރާގެ އިއްޒަތްތެރި މެމްބަރު މަޝްހޫރު ވިޔަފާރި ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙީމް ޤާސިމް ގޮވާލައްވައިފިއެވެ.

ޤާސިމް މިކަމަށް ގޮވާލައްވާފައި މިވަނީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"މި ހާރަކަށްއައިސް މާތް ﷲ ވޮޑިގެން ނުވާކަމަށް ބުނަމުން ދިޔުމާއި ރަސޫލާއަށް ތަފާތު ގޮތްގޮތަށް ދިމާކޮށް އެކިކަހަލަ މަލާމާތްކޮށް ފާޅުގައި ފާޑުކިޔުން މިޤައުމުގައި ކިޔަމުން ގެންދާކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަން، މިކަމަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް މިހެން ވިދާޅުވެފައިވާ މިދަނޑިވަޅަކީ އަވަށްޓެރި އިންޑިއާގެ ރައްޔިތަކު ދިވެހިރާއްޖޭގައި، މާތްވެގެންވާ އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެފައިވާ ދުވަސްވަރެއްގައެވެ.

މާލޭ މަގުމަތީ މަސްތުގެ ހާލަތުގައި ހުރެ އިންޑިއާ ރައްޔިތަކު ވަނީ މާތް ﷲ އަށް ހުތުރު ބަސްބުނެ، އިސްލާމްދީނަށް ފުރައްސާރަކޮށް، ރާއްޖޭގެ ކޯޓުތަކާއި ޤާނޫނުތަކަށް ގޮންޖަހައި ވާހަކަދައްކާފައެވެ.

މި މީހާ ދީނަށް ފުރައްސާރަ ކުރި މައްސަލަ ބަލަމުން ދޭތޯ ސުވާލުކުރުމުން ފުލުހުންގެ ފަރާތުން މިހާތަނަށް މިކަމަށް އެދެވިގެންވާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ