ތޫފާން އެލެކްސްގެ ސަބަބުން އިޓަލީން ދެމީހުން މަރުވެއްޖެ

ތޫފާން އެލެކްސް އިޓަލީއަށް އަރައި އެގައުމުން ދެމީހުން މަރުވެއްޖެއެވެ.

ބޯ ވިއްސާރަ އާއި ގަދަ ވަޔާއެކު އެރި މި ތޫފާނުގެ ސަބަބުން އިޓަލީއިން މަރުވެފައިވަނީ، އުމުރުން 53 އަހަރުގެ މީހަކާއި އަދި އުމުރުން 36 އަހަރުގެ މީހެކެވެ.

މައުލޫމާތު ލިބޭގޮތުގައި މަރުވި އުމުރުން 53 އަހަރުގެ މީހާ މަރުވެފައިވަނީ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނެއްގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި އުމުރުން 36 އަހަރުގެ މީހާ މަރުވެފައިވަނީ އެމީހާ ހުރި ކާރު ކޯރެއްގެ ތެރެއަށް ދަމައިގަނެގެއްނެވެ.

މި ތޫފާނުގެ ސަބަބުން އިޓަލީގެ ބަޔެއް ސަރަހައްދުތަކަށްވަނީ މީން ދުވަހަކު ވާރޭ ނުވެހޭހާ ބޯކޮށް ވާރޭ ވެހިފައެވެ. މިކަމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައި ބަޔެއް ބުރިޖުތައްވެސްވަނީ ވެއްޓިފައެވެ.

އިޓަލީގެ އިތުރުން މި ތޫފާނުގެ އަސަރުވަނީ ފުރާންސުގެ ބަޔެއް ހިސާބުތަކަށްވެސް ކޮއްފައެވެ. މިގޮތުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއި އަދި ފެންބޮޑުވުމުގެ ހާދިސާތަކާއި ގުޅިގެން ފުރާންސުން 20 މީހެއްގެ ޚަބަރެއް އެމީހުންގެ އާއިލާތަކަށް ލިބިފައި ނުވާއިރު ފެންބޮޑުވުމުގެ ސަބަބުން ގިނަ މަގުތަކެއްވެސްވަނި ބަންދުވެފައެވެ.

ތޫފާން އެލެކްސްގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ފުރާންސް ސަރުކާރުން މިހާރުވަނީ އެމަރޖެންސީ ފަންޑެއްވެސް ހުޅުވައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ