ކުޅުދުއްފުށި އަމީނީމަގު - ފޮޓޯ: ފެށުން

ޕޮޒިޓިވް ކޭސް އަކާއެކު ކުޅުދުއްފުށި މޮނިޓަރިން އަށް!

ކޮވިޑް-19 އަށް ޕޮޒިޓިވުވި އިތުރު މީހަކާއެކު ހދ. ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.

ކުޅުދުއްފުށި މޮނިޓަރިން ހާލަތައް ގެނެސްފައިވާކަން އަންގައި ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅުދުއްފުށި ކައުންސިލަށް މިރޭ ފޮނުވި ލިޔުމުގައި ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކުޅުދުއްފުށި މޮނިޓަރިންނަށް ލައިފައިވާ ކަމަށެވެ.

މިހެންކަމުން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މިހާރުވަނީ މަނާކޮށްފައެވެ.

މައުލޫމާތު ލިބޭގޮތުގައި ކުޅުދުއްފުށި މޮނިޓަރިންނަށް ލައިފައިވަނީ އެރަށު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވުމާއި ގުޅިގެންނެވެ. އަދ މި ފުލުސްމީހާ ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ ރޭންޑަމް ސާމްޕަލްއެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކުޅުދުއްފުށި މިރޭ މޮނިޓަރިންނަށް ލައިފައި މިވަނީ، މިދިޔަމަހުގެ 25 ވަނަ ދުވަހު އެރަށު ފާޅު ބޯޓުން ދަތުރުކުރި ފަޅުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވުވުމާއި ގުޅިގެން އެރަށް މޮނިޓަރިންނަށް ލައި މިދިޔަމަހުގެ 28 ވަނަ ދުވަހު މޮނިޓަރިން އުވާލައިފައި ވަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ