ހެއްކާއެކު ޑރ އަފްރާޝީމް މަރާލީ ރައީސް ޔާމީނުކަމަށް ވިދާޅުވި ކަމަށާއި އެވާހަކަ މިހާރު ކޮބައިތޯ؟ ކަމަށް ބުނެ ވަރުގަދަ ސުވާލުތަކެއް މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރައްވައިފިއެވެ.
މޭޑޭގެ ހަދާންތަށް އައު ކުރަށްވަމުން މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން އަލްހާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެދުވަހު މަނިކުފާނު ހެއްކާއެކު ޑރ އަފްރާޝީމް މަރާލީ ރައީސް ޔާމީނުކަމަށް ވިދާޅުވި ކަމަށާއި، މިހާރު އެވާހަކަ ކޮބައިތޯ؟ ކަމަށްބުނެ ސުވާލު ކުރައްވާފައެވެ.
2015 ވަނަ އަހަރުގެ “މޭ ޑޭ” ގެ ހަނދާންތައް އާކުރައްވަމުން މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2015 ގެ މޭ ޑޭ ގައި އެތައް ބައިވަރު ރައްޔިތުންނާއެކު މަގުމައްޗަށް ނިކުމެ އަޅުގަނޑުމެން ދެއްކީ ރައްޔިތުންގެ މުއްސަނދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުހައްގުން ބޭނުންކުރަމުން ދިޔަވާހަކަ ކަމަށެވެ.
“މިއަދު އެކަމުގަ ޝާމިލުވި ފަރާތްތަކުގެ އިއުތިރާފާއެކު ޝަރީއަތައް އެކަންތައް އެދަނީ ޗާބިތުވަމުން” އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ، އެދުވަހުގެ ހާލަތާ މިއަދުގެ ހާލަތު ވަޒަން ކޮށްލީމަ ހިތައް އަރަނީ ﷲ ގެ ކުޅަދުންވަންތަކަން ކަމަށާއި އޭރުވެސް އަދި މިހާރުވެސް މި ދަންނަވަނީ އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް ވިދާޅުވިއެވެ.
މިކަމަށް ރައްދު ދެއްވަމުން އަލްހާން ވިދާޅުވީ، "ރައްޔިތުންނަކަށް އިންސާފެއްވެސް ވަގަށް ނެގި ލާރިއެއްވެސް ނުލިބޭ! މަނިކުފާނަށް ވަޒީރުކަން ލިބިއްޖެ!" ކަމަށެވެ.
އެދުވަހު މަނިކުފާނު ހެއްކާއެކު ޑރ އަފްރާޝީމް މަރާލީ ރައީސް ޔާމީނުކަމަށް ވިދާޅުވި! އެވާހަކަ ކޮބައިތޯ؟ ކީއްވެތޯ؟
ރައްޔިތުންނަކަށް އިންސާފެއްވެސް ވަގަށް ނެގި ލާރިއެއްވެސް ނުލިބޭ!
މަނިކުފާނަށް ވަޒީރުކަން ލިބިއްޖެ!الحمد لله. https://t.co/Ci76X5wvD3
— ???????????????????? ???????????????????? - ???????? (@AlhanFahmy) October 6, 2020
މިނިސްޓަރ އިމްރާން މިފަދައިން ވިދާޅުވެފައިވާއިރު ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާވެސް ސާބިތުވާކަމަށް ނިންމައި އަދީބު 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލާން ޚުކުމް ކޮށްފައިވަނީ އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ. މީގެ އިތުރުން އަދީބު ވަނީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ.
އަދީބުގެ މައްޗަށް ދަޢުލަތުން ކުރި 7 ދައުވާއަކީ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.
ހިޔާލު
އަލްހާންގެ އަޑެއްނީވޭތާ ދުވަސްކޮޅެއްވީމަ އުޅޭކަން އަންގާލީއުތަ ޢެކަމަކު ސަލަފާ ނުގެޅޭތި