ކޯލިޝަން ގެ ވަޒީރުން އެމްޑީޕީ ގެ ފިކުރަށް ބަދަލު ވާންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.
ރާއީ މިހެން ވިދާޔވީ ދެން އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނާނީ މިހާރު އޮތް ކޯލިޝަނާ އެކުގައިތޯ ނުވަތަ ވަކިންތޯ ވަރަށް އަވަަހަށް ނިންމަން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވި ކަމަށް މިހާރު ނޫހުގައި ލިޔެފައިވާ ޚަބަރެއް ޓްވީޓު ކުރައްވަމުން ނެވެ.
ރާއީގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ދެން އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނާނީ މިހާރު އޮތް ކޯލިޝަނާ އެކުގައިތޯ ނުވަތަ ވަކިންތޯ ވަރަށް އަވަަހަށް ނިންމުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އެމްޑީޕީގެ ސަރުކާރު އާއި އެކު މަސައްކަތް ކުރަން އަދި ޕާޓީގެ މެނިފެސްޓޯ އިހްލާސްތެރި ކަމާއި އެކު ތަންފީޒު ކުރަން ބޭނުންވާ ކަމުގައިވާ ނަމަ، ކޯލިޟަން ގެ ވަޒީރުން އެމް ޑީ ޕީ ގެ ފިކުރަށް ބަދަލު ވާންޖެހޭ ކަމަށް ރާއީ ވިދާޅުވިއެވެ.
މުހިއްމު ކަމެއް، އަދި އެމް.ޑީ،ޕީ ގެ ސަރުކާރު އާއި އެކު މަސައްކަތް ކުރަން އަދި ޕާޓީގެ މެނިފެސްޓޯ އިހްލާސްތެރި ކަމާއި އެކު ތަންފީޒު ކުރަން ބޭނުންވާ ކަމުގައިވާ ނަމަ ، ކޯލިޟަން ގެ ވަޒީރުން އެމް ޑީ ޕީ ގެ ފިކުރަށް ބަދަލު ވާންޖެހޭ ???? https://t.co/C472qkff66
— Mohamed Raee / Makunudhoo Constituency (@Mraee12) October 8, 2020
ރައީ ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންވެސް ބައެއް ފަހަރަށް ސަރުކާރުގެ ބައެއް ވަޒީރުންނަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން މިސަރުކާރުގެ ހޯމް މިނިސްޓަރ އަދި ކޯލިޝަން ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން ޢަބްދުﷲ އަށް ރާއީ ވަނީ މަޖިލީހުގައި ފާޑު ވިދާޅުވެފައެވެ.



