"އަނެއްދިވެހިރާއްޖޭގެ" ސަރުކާރަކުން ކޯލިޝަން ބަލައި ނުގަންނަ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާލުވެފައިވަނީ "ޓޫރިޒަމަށް ވަޒީރަކުލުން ލަސްވަނީ ކީއްވެ؟" ނަމުގައި އަވަސް ނޫހުން ލިޔެފައިވާ ލިޕޯޓައިއެކު ކޮށްފައިވާ ޓްވީޓެއްގައެވެ.
ޓޫރިޒަމް މިނިސްޓަރަކު އައްޔަން ނުކުރައްވާތީ ސަރުކާރަށް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒު ވަމުންނެވެ.
އެގޮތުން ސައީދު އިއްޔެ ކުރެއްވި ޓްވީޓްްގައި ވިދާޅުވެފައިވަނީ ޓޫސްޓުންނަށް ބޯޑަރު ހުޅުވާލި އިރު އަސާސީ ގިނަ އިންތިޒާމުތައް ހުރީ ހަމަނުޖެހި ކަމަށާއި މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރު ކޯލިޝަން ތެރޭ ގުރުއަތުލައިގެން ނަމަވެސް ޓުއަރިޒަމް މިނިސްޓަރަކު އައްޔަން ކުރެއްވުމަށް ގޮވާލެއްވި އެވެ. އަދި ރާއްޖޭގެ ހާލަތު މިދަނީ ގޯހުން ގޯހަށް ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ 3 ވަނަ ސަރުކާރެއް އުފެދިފައިވާކަން އެންގޭކަމަށާއި "އަނެއްދިވެހިރާއްޖޭގެ" ސަރުކާރަކުން ކޯލިޝަން ބަލައި ނުގަންނަ ކަމަށެވެ. އަދި ޤައުމުގެ އިގްތިސާދު ފުނޑިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.
"ކޭކުބެހުންހުއްޓާލުމަށްފަހު މަސައްކަތައް އެނބުރުމަށް ސަރުކާރަށްގޮވާލަން" ސައީދު ވިދާޅުވިއެވެ.
މިރިޕޯޓުކިޔައިލުމުން އެނގިގެންދަނީ 3ވަނަ ސަރުކާރެއް އުފެދުނުކަން. "އަނެއްދިވެހިރާއްޖޭގެ" ސަރުކާރަކުން ކޯލިޝަން ބަލައެއްނުގަނޭ. ކޭކުބެހުންހުއްޓާލުމަށްފަހު މަސައްކަތައް އެނބުރުމަށް ސަރުކާރަށްގޮވާލަން. ޤައުމުގެ އިގްތިސާދު ފުނޑިއްޖެ. https://t.co/TcSXMQUVT1
— Mohamed Saeed (@em_saeed) August 6, 2020
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މަގާމުން ވަކި ކޮށްފައިވަނީ 9 ޖުލައި 2020 ގައި މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކަކާއި ހުރެއެވެ. އަދި އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ވަގުތީ ގޮތުން އެ މިނިސްޓްރީ އާ ހަވާލުވެ ވަޑައިގެންނެވީ އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ.



