ލަގްޒަރީ ފެންވަރުގައި މިމީހާ ގެންގުޅެނީ ސިންގާއެއް!

ތަފާތު ޖަނަވާރާއި ދޫނިސޫފާސޫފި އޮޅުކޮށްގެން ގެންގުޅުމަކީ ވަރަށް ގިނަ ބަޔަކު ލޯބިކުރާކަމެކެވެ. އަދި މިގޮތަށް ގެންގުޅޭ ބައެއް ޖަނަވާރުންނަކީ އިންސާނުންނާ ރަޙްމަތްތެރި ޖަނަވާރުންނެވެ. އަދި މިގޮތަށް ލޯބިން ގެންގުޅޭ ޕެޓްތަކަށް ފަރުވާ ދިނުމަށާއި، ނަލަކުރުމަށް އެމީހުން ކިތަންމެ ބޮޑު ހަރަދެއްވެސް އެމީހުން ކޮށްފާނެއެވެ.

އެކަމަކު މިއީ އޭގެތެރެއިންވެސް ތަފާތު މީހެކެވެ. ޕާކިސްތާނުގެ ރައްޔިތެއްކަމުގައިވާ 33 އަހަރުގެ "ޒުލްކައިފް ޗައުދުރީ" އަމިއްލަގޭގައި ޕެޓެއްގެ ގޮތިގައި އޮޅޮކޮށްގެން ގެންގުޅެނީ ސިންގާއެކެވެ.

"ބައްބަރު"ގެ ނަމުން މި ސިންގާށް ނަން ދީފައިވާއިރު، ޒުލްކައިފް މި ސިންގާ ގެންގުޅެނީ އެސީ ކޮށްފައި ހުންނަ ކޮޓަރިއެއްގައެވެ. އަދި ނިންދަވަނީވެސް ކިންގް ސައިޒް ގޮދަޑިއެއްގައެވެ.

ޒުލްކައިފްގެ ދެއަހަރުގެ ފިރިހެން ކުއްޖެއްވެސް ހުންނައިރު، އޭނާ ބުނީ ދުވަހަކުވެސް މި ސިންގާ ބަންދުކޮށްގެން ނުގެންގުޅޭނެކަމަށެވެ.

ޕެޓެއްގެ ގޮތުގައި މި ސިންގާ ލޯބިން ބަލާބޮޑުކުރާތާގާއި މިހާރު ހަމަސްދުވަސްވެފައިވާއިރު، ޒުލްކައިފް މި ސިންގާ އެންމެ ފުރަތަމަ ޕެޓެއްގެ ގޮތުގައި ގެނެސްފައިވަނީ އޭތީގެ އުމުރުން 2 މަހުގައެވެ.

ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ޒުލްކައިފް ބުނީ، އޭނާ ސިންގާދެކެ އަބަދުވެސް ލޯބިވާކަމަށާއި، ޕެޓެއްގެ ގޮތުގައި ގޭގައި ގެންގުޅެން ސިންގާއެއް ގެއަށް ގެނައުމާމެދު އާއިލާއާ މަޝްވަރާނުކުރާކަމަށެވެ. ނަމަވެސް އާއިލާ އެންމެންވެސް "ބައްބަރު" ދެކެ ލޯބިވާއިރު، ކޮންމެދުވަހަކު އެންމެންވެސް މި ސިންގާއާ ބައްދަލުކުރަން އަންނަ ކަމަށް ޒުލްކައިފް ބުނެފައިވެއެވެ.

"ބައްބަރު" ދެކެ އަމިއްލަ ދަރިއެއްފަދައިން ޒުލްކައިފް ލޯބިވާއިރު، ޒުލްކައިފް ބުނީ، މި ސިންގާ ހަމަލާއެއް ދީފާނެތީ އެއްވެސް ހާހެއްނުވާކަމަށާއި، އޭނަގެ އަމިއްލަ ދަރިވެސް މި ސިންގާއާއެކި ކުޅެ ހަދާކަމަށެވެ.

3200 ޕައުންޑަށް ޒުލްކައިފް މި ސިންގާ ގަނެފައިވާއިރު، އަމިއްލަ ގޭގައި ސިންގާ ގެންގުޅުމަށް ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދިކަމަށް ޒުލްކައިފް މީޑިއާގައި ބުނެފައިވެއެވެ.

ޒުލްކައިފް މި ސިންގާ "ޕެޓް ޑޯގް" އެއް ގޮތަށް ޓްރެއިން ކުރަމުންއަންއިރު، މި ސިންގާއަށް ކާނާގެ ގޮތުގައި ކާންދެނީ، ގެރިމަހާއި ކުކުޅުފަދަ މަހެވެ.

“ބައްބަރް" އާއި ބައްދަލުކޮށް ސެލްފީ ނެގުމަށް އޭނަގެ ރައްޓެހިންނާއި އަދި ތިމާގެ މީހުން ގެއަށް މިހާރުވެސް އަންނަމުންދާކަމަށް ޒުލްކައިފް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ