ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން އިތުރު 20,844 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އިންޑިއާއިން ގިނަބަޔަކު ކޮވިޑް-19 ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވަމުންދާއިރު، މިހާތަނަށް އެޤައުމުން 6,997,852 މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ އެންމެފަހުގެ މައުލޫމާތުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 20,844 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އެޤައުމުން 118 މީހަކުވަނީ މަރުވެފައެވެ.
އިންޑިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް-19 ފެތުރެމުން އަންނައިރު، އެޤައުމަކީ ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެ، ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.
ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 6,003,244 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެޤައުމުގައި މިވަގުތު މި ބައްޔަށް ފަރުވާދެމުން ދަނީ 887،040 މީހަކަށެވެ. އޭގެތެރެއިން 8,944 މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.



