ފާޅު ބޯޓު - ފޮޓޯ: ކުޅުދުއްފުށި ލައިވް

ފާޅު ބޯޓާއި ގުޅިގެން އިތުރު މީހަކު ޕޮޒިޓިވް ނުވޭ، އެންމެންވެސް ދޫކޮށްލައިފި

ފާޅު ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަރަންޓީނު ކުރެވުނު މީހުންގެ ތެރެއިން އިތުރު މީހަކު ޕޮޒިޓިވް ނުވާކަމަށް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ އެކޭސްއާއި ގުޅިގެން ކަރަންޓީނުގައި ތިބި 51 މީހެއްގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވާކަމަށެވެ. 14 ދުވަސް ހަމަކޮށް އިއްޔެ ނެގި މިހުރިހާ ސާމްޕަލެއްވެސް ކޮވިޑަށް ނެގެޓިވްކަމަށް އެހޮސްޕިޓަލުންވަނީ ބުނެފައެވެ. އަދި އެއެންމެންވެސް މިހާރު ކަރަންޓީނުން ދޫކޮށްލެވިފައިވާއިރު، މިކޭސްއާއި ގުޅިގެން އިތުރު މީހަކު ކަރަންޓީނުގައި ނުހުންނާނެކަމަށްވެސް އެހޮސްޕިޓަލުން މަޢުލޫމާތުއެވެ.

ނެގެޓިވްވި 51 ސާމްޕަލްތަކުގެ ތެރޭގައި ހިމެނެނީ ހދ. ކުޅުދުއްފުށިން ނެގި 46 ސާމްޕަލަކާއި، ހދ. ނޮޅިވވަރަމުން ނެގި 5 ސާމްޕަލްއެކެވެ.

މިދިޔަމަހުގެ ފަހުކޮޅު މާލެއިން ކުޅުދުއްފުއްޓަށް އައި ފާޅުބޯޓުން ބަލީގެ އަލާމަތްތައް ހުރެގެން ފުރަތަމަ ޓެސްޓްކުރީ އެ ބޯޓްގެ ކެޕްޓަނެވެ. އޭނާ ޕޮޒިޓިވްވުމާއެކު ބޯޓްގެ ހުރިހާ ފަޅުވެރިން އެކަހެރިކޮށް ސާމްޕަލް ނަގައި ޓެސްޓްކުރިއިރު އިތުރު ދެ ފަޅުވެރިޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ 23 އަހަރުގެ ފިރިހެނަކާއި 54 އަހަރުގެ ފިރިހެނެކެވެ. މީގެއިތުރުން ޕޮޒިޓިވްވި ފަޅުވެރިއެއްގެ ޑައިރެކްޓް ކޮންޓެކްޓެއްވެސްވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

އަދި ފާޅުބޯޓްގެ ކޭސްތަކާއި ގުޅިގެން 51 މީހަކު އެކަހެރިކޮށް، 7 ގެޔެއް ކަރަންޓީނު ކުރެވުނެވެ. މާތް ﷲ ގެ ރަޙްމަތްފުޅާއެކު މިހުރިހާ އެންމެންވެސް މިހާރުވަނީ ކޮވިޑަށް ނެގެޓިވް ވެފައެވެ.

މިލިޔުން ކިޔާލުމުން
24
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ