ލުބުނާނުގައި ތެޔޮ ޓޭންކެއް ގޮވައި 4 މީހުން މަރުވެއްޖެ

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ތެޔޮ ޓޭންކެއް ގޮވައި ހަތަރު މީހުން މަރުވެއްޖެއެވެ.

ލުބުނާނުގެ ރެޑް ކުރޮސްއިން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާދިސާ ހިނގައިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކަމަށާއި ގޮވައިފައިވަނީ ޑީސަލް އަޅައިފައިވާ ޓޭންކެއް ކަމަށެވެ.

ލުބުނާނުގެ އަލް-ޖަދީދް ނެޓްވޯކުން މިޚަބަރު ރިޕޯޓުކޮށްފައިވާގޮތުގައި މިހާދިސާގައި ހަތަރު މީހުން މަރުވުމުގެ އިތުރުން 30 މީހަކަށްވަނީ އަނިޔާވެފައެވެ.

މައުލޫމާތު ލިބޭގޮތުގައި މިހާދިސާ ހިނގައިފައިވަނީ ބޭކަރީއެއްގެ ތެރޭގައެވެ. މިގޮތުން ތެޔޮ ޓޭންކު ގޮވަން މެދުވެރިވެފައިވަނީ ބޭކަރީގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާއަކަށްވުން ގާތްކަމަށް ލުބުނާނުގެ ރަސްމީ މީޑިއާއިން މައުލޫމާތު ދެއެވެ. ނަމަވެސް ކަމާބެހޭ އެއްވެސް ފަރާތަކުން އަދި މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

ފަޔާ ބުރިގޭޑް އޮފިސަރ އަލީ ނަޖުމް ބުނެފައިވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވާކަމަށާއި އަލިފާން ގަނޑު ކޮންޓުރޯލްކޮށް އެޕާޓްމެންޓް ތަކުގައި ތާށިވެފައި ތިބި މީހުން އެތަންތަނުން ބޭލުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާނޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ