މީހެއްގެ ހުއްދަނެތި ގައިގަ އަތްލުމަކީވެސް ޖިނާއީ ކުށެއް ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އަޙްމަދު އުޝާމް މިފަދައިން ވިދާޅުވެފައިވަނީ، މާފަންނަ މަދަރުސާގައި ކޮވިޑް ސާމްޕަލް ނަގަން ހުރި ރެޕިޑް ރެސްޕޯންސް ޓީމުގެ މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހަމަލާދިން ކަމަށް ބުނެ އަޑުތައް އަރާފައިވަނިކޮށެވެ. އެކަމަކު އިކްރާމް ވަނީ އެތުހުމަތައް ދޮގު ކުރައްވާފައެވެ.
އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާރާމާރީއަކަށްވަނީ ހަމައެކަނި ހަމަލާއެއް ދިނުމުންނެއް ނޫން ކަމަށާއި މީހެއްގެ ހުއްދަނެތި ގައިގަ އަތްލުމަކީވެސް ޖިނާއީ ކުށެއް ކަމަށެވެ.
“އެކަމަކު ސާމްޕަލް ނަގަން އުޅުނު ގޮތުން ތަދުވެގެން އެ މީހާގެ އަތް ދުރުކޮށްލައި، އެއީ ކޮން ނަމެއް ކިޔާ މީހެއްތޯ ސުވާލު ކުރެއްވި ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.” އުޝާމް ވިދާޅުވިއެވެ.
ރޭ ރެޕިޑް ރެސްޕޯންސް ޓީމުގެ މެމްބަރަކަށް ހަމަލާދިން މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
ކޮވިޑް ސާމްޕަލް ނެގި މީހާއަށް އިކްރާމް ހަމަލާދިން މައްސަލަ ފުލުހުން ބަލަނީ!




